މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ފީބާ ސަބްޒޯން (ސާބާ) މޯލްޑިވްސް ކޮލިފަޔަރ 2018

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 24 ޖުލައި 2018 ގައި ފެށުމަށް ހަމަޖެހިފައިވާ "ފީބާ ސަބްޒޯން (ސާބާ) މޯލްޑިވްސް ކޮލިފަޔަރ 2018 ގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ބައިވެރިވުމުގެ ފީ (-/1000ރ) އާއެކު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގައި ކޮންމެ ކެޓަގަރީއެއްގެ ވެސް ޗެމްޕިއަން ޓީމް 5 އޯގަސްޓް 2018 ގައި ސްރީލަންކާގެ ކޮލޮމްބޯގައި ފެށުމަށް ހަމަޖެިފައިވާ "ފީބާ ސަބްޒޯން (ސާބާ) ކުއެސްޓް 3x3 ސްޓޮޕް 2018" މުބާރާތުގައި ހިނގާނެ ހުރިހާ ޚަރަދަކާއިއެކު ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތަ ލިބިގެންދާނެއެވެ. 

މުބާރާތް ކުޅެވޭނީ ފީބާ 3x3 ގެ ޤަވާއިދަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު މިއެސޯސިއޭޝަނާއި ގުޅުއްވުމުން ލިބިގެންދާނެވެ.

 

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

- ފިރިހެން އޯޕަން

- އަންހެން އޯޕަން

19 ޖުލައި 2018
ހޯދާ