މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކުޅިވަރު ޖަމްޢިއްޔާތަށް ކޮމިޝަނރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމާއި ގުޅޭ

                             އިޢުލާން

 

             ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިނުވާ ކުޅިވަރު ޖަމްޢިއްޔާތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރި މުބާރާތްތައް ހިންގަމުން ގެންދާކަމުގެ

ޝަކުވާ ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބެމުން އަންނަކަން ފާހަގަކުރަމެވެ.

             ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ( ޤާނޫނު ނަންބަރު: 2015/30 ) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވާދަވެރިގޮތެއްގައި ކުޅިވަރު މުބާރާތް ނުވަތަ

ޙަރަކާތް ހިންގޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

 ވީމާ، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީނުކުރާ ފަރާތްތަކުން ހިންގާ ވާދަވެރި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާ ޚިލާފު ކަމަކަށްވާތީ،

މިފަދަ މުބާރާތްތައް ހިންގުމުގެ ކުރިން މުބާރާތް ހިންގާ ފަރާތް އަދި މުބާރާތުގައި ވާދަކުރާ ކުޅިވަރު ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށް އިލްތިމާސްކުރަމެވެ.

                                    06 ޛުލްޤަޢިދާ 1439

19 ޖުލައި 2018
ހޯދާ