މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާރމިނަލް އިމާރާތް ކުއްޔަށް ދޫކުރުން

ހުޅުދުއްފާރު ބަނދަރުގައިހުރި ފެރީޓާރމިނަލް އިމާރާތް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މިއިމާރާތް ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 ށް ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 11:00 ށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނޭވާހަކަ ވެސް ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަނެވޭނީ ކޮންމެ ބޭފުޅަކަށްވެސް އެއް ބޭފުޅެއް/ކުންފުންޏެއްގެ ފަރާތުންނެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި އަންނަ މީހާގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޖުލައި 2018
ހޯދާ