މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެ

 

އިޢްލާން

 

 

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެއެވެ.

 

މަޤާމު: ވޮޗަރ

ބޭނުންވާ ޢަދަދު: 01

މުސާރަ: 3100.00 ރުފިޔާ.

އެލަވަންސް: 1000.00 ރުފިޔާ އަދި ބަންދު ދުވަހުގެ ފައިސާ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުޞޫލުން

ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

 

މަޤާމުގެ އަސާސީ ޝަރުތުތައް:

  • އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން
  • ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެޤަބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
  • ކައުންސިލް އިދާރާގެ ނުވަތަ ރ.އަނގޮޅިތީމްގެ އެހެން މުއައްސަސާއެއްގައި ވޮޗަރުކަން ނުވަތަ މަސައްކަތުމީހެއްގެ ވަޒީފާގައި އުޅެ ތަޖްރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ( ހަވީރު 4 އިން ހެނދުނު  8 އަށް (8 ގަޑިއިރުގެ ޝިފްޓްޑިއުޓީ)
  • ދިދަ ނެގުމާއި ދިދަ އެރުވުން
  • ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން
  • ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
  • ކައުންސިލުން އަންގާ ކައުންސިލުގެ އިޙްތިސާސް ހިމެނޭ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމާއި އެތަންތަނުގައި މަސައްކަތް ކުރުން
  • ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

  • ވަޒީފާއަށް އެންމެޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
  • ލިބިފައިވާ ތަޢްލީމާއި ތަމްރީން 15%
  • މަސައްކަތުގެ ތަޖްރިބާ 30%
  • މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 55%

 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

  • މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 31 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. 

 

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު

 

އިންޓަވިއު ކުރުން:

  • މި ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 އޮގަސްޓް 2018 އާއި 21 އޮގަސްޓް 2018 އާއި ދެމެދު މި ކައުންސިލް އިދާރާގައެވެ.

 

 

06  ޒުލްޤައިދާ 1439                                       

 

 

19 ޖުލައި 2018
ހޯދާ