މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
"ގަވާއިދު ނަންބަރު: 2016/R-37 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ބާޠިލުކުރުން

އިޢުލާން

 

02 އެޕްރީލް 2017 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައިވާ "ގަވާއިދު ނަންބަރު: 2016/R-37 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ މަސައްކަތްތައް ނިމިފައިވާތީ، 18 ޖުލައި 2018 ވީ ބުދަ ދުވަހުން ފެށިގެން މި އުސޫލަށް ޢަމަލުކުރުން ނިމުމަކަށް ގެނެސް މި އުސޫލު ބާޠިލުކުރެވިފައިވާކަން އާންމުކޮށް އެންގީމެވެ.

 

06 ޛުލްޤައިދާ 1439

19 ޖުލައި 2018
ހޯދާ