އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

އިޢުލާން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން  އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް  މިއަހަރުގެ ތެރޭގައި ބާއްވާ ދެވަނަ ބައްދަލުވުން 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެރޭ 08:30 ގައި މަރަދޫ ބޮނޑަގޭ ހޯލްގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި މިއަހަރު ތެރޭގައި މިހާތަނަށް ހިނގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުން އޮންނާނެއެވެ.

ވީމާ، މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

04 ޛުލްޤައިދާ 1439

 

17 ޖުލައި 2018
ހޯދާ