ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-229296

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް. އެސް. 1

މަގާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ، ހއ. މާރަންދޫ (ޔުނިޓް: ކޯޕަރޭޓް އެފެއާޒް)

މުސާރަ:

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސް ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ލިބިދެވޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ އިނާޔަތުފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާ ހުޅުވަންޖެހޭ ރަސްމީ ގަޑިތަކުގައި  އިދާރާ ހުޅުވާ ލެއްޕުން
  2. ކައުންސިލް އިދާރާއަށް އެކިއެކި ފަރާތްތަކުންދައްކާ ފައިސާއާއި، ކަރަންޓްފީއަށް ދައްކާ ފައިސާ ބަލައިގަތުން
  3. ޗެކް ހެދުމާއި، ހުސްވާ ޗެކްފޮތްތަކާއި، ރަޝީދު ފޮތްތައް، ތާރީޚުގެ ތަރުތީބުން ރައްކާތެރިކަމާއެކު ބެލެހެއްޓުން
  4. ކައުންސިލް އިދާރާގެ އެކައުންޓްތަކާއި، ރައްޔިތުންގެ އެކައުންޓްތައް ބެލެހެއްޓުން
  5. ކައުންސިލް އިދާރާގެނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ބެލެހެއްޓުމާއި، އެއެކައުންޓްތަކުގެ އައިޓަމް ތަކުގެބާކީ ޤަވާޢިދުން ބެލެހެއްޓުން
  6. އިދާރާގެ ބަޖެޓް އައިޓަމްތަކަށް ފައިސާ އިތުރުކުރުމަށާއި އުނިކުރުމަށް ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ފޮނުވުން
  7. އައިޓަމްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން
  8. އިދާރާގެ އެކައުންޓްތަކާއި، ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރުމަށް ނަގަންޖެހޭ ފައިސާ ޚަރަދުކުރުމަށް ލިޔަންޖެހޭ ވައުޗަރތައް ލިޔުން
  9. އިދާރާއިން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް އެޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން
  10. ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  11. މަގުމަތީގައި ދުއްވާ އެއްޗެހި ދުއްވަންވީ އުޞޫލްތަކާއި ޚިލާފު ވެގެން ކަމާބެހޭ ފަރާތްތަކުން ކުރާ ޖޫރިމަނާ ފައިސާ ނެގުމާއ، ޢާންމުންގެ އަތުން ފީ ނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުންދޭ ޚިދުމަތްތަކަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފީނަގަންޖެހޭ ފަރާތްތަކުން ފީނެގުމާއި ބަލައިގަތުން
  12. ގަޑިޖެހޭ މުވައްޒަފުންގެ އަތުން ނަގަންޖެހޭ ގަޑީލާރި ޤަވާޢީދުން ނެގުން
  13. މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓްތައް އެކައުންޓާ އެއްގޮތަށް ހުރިތޯ ބަލާ ޗެކްކުރުން
  14. އިދާރާގެ އެކައުންޓްތަކާ ގުޅޭގޮތުން ފައިލްކުރަންހުރި ވައުޗަރ، ބިލް، ރިޕޯޓް އަދި އެނޫންވެސް ތަކެތި ހުއްދަދޭ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން
  15. އިދާރާގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދޫކުރުން
  16. ރަށުގެ މާލިއްޔަތު އެކައުންޓަށް ލިބޭ ފައިސާ ބަލައިގަނެ އަތޮޅުކައުންސިލަށް ފޮނުވުން
  17. ފައިސާ ލިބޭގޮތަށް ރަށުގައިހުރި ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުން
  18. މަސްދުވަހުގެ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ކޮންމެމަހެއްގެ 10 ގެކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށާއި، އޮޑިޓް އޮފީހަށާއި އަދި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  19. އިދާރާގެ ބެލުމުގެ ދަށުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓްތައް ތައްޔާރުކޮށް އެމަހުގެ 20 ގެކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އެލް.ޖީ.އޭ އަށާއި އަދި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  20. އިދާރާގެ ޚަރަދު ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ވައުޗަރ ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އެލް.ޖީ.އޭ އަށާއި އަދި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  21. ކޮންމެމަހެއް ނިމޭދުވަހު ރިކޮންސިލިއޭޝަން ބާކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން
  22. އަންނައަހަރަށް ލަފާކޮށް ހަދާ ކައުންސިލްގެ ބަޖެޓާއި އިދާރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ޖުލައިމަހުގެ 31 ގެކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އެލް.ޖީ.އޭ އަށާއި އަދި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  23. ތިޖޫރީ ހަފްތާގެ ރިޕޯޓް ތައްޔާރުކޮށް ކޮންމެ އާދީއްތަ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ނުވަތަ އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  24. ކޮންމެ އެކައުންޓެއްގެ އަހަރީ ހިސާބު 31 ޑިސެންބަރުގެ ނިޔަލަށް ތައްޔާރުކޮށް ހިނގާ އަހަރުގެ މާޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާއަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އޮޑިޓް އޮފީހަށް ފޮނުވުން
  25. އިދާރާގެ އަހަރީ ބަޖެޓް ކައުންސިލަށް ހުށަހަޅާއިގެން ޖެނުވަރީ 15 ގެކުރިން ފާސްކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން
  26. ލިބޭ އާންމުދަނީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފެށޭއަހަރުގެ ޖެނުވަރީ 10 ގެކުރިން އަތޮޅުކައުންސިލަށް ފޮނުވުން
  27. އިދާރާގެ އެކައުންޓާއި، ރަށު ރައްޔިތުންގެ އެކައުންޓްބާކީ އެނގޭގޮތަށް ފާއިތުވިމަހުގެ ރިޕޯޓް ހިންގާމަހުގެ 10 ގެކުރިން ތައްޔާރުކޮށް އާއްމުންނަށް ފެންނަގޮތަށް ބެހެއްޓުން
  28. ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ކަނޑައެޅޭ އުޞޫލެއްގެ މަތިން ތައްޔާރުކޮށް ހިނަގަމުންދާ އަހަރުގެ ފެބުރުވަރީ 28ގެ ކުރިން އަތޮޅުކައުންސިލަށް ހުށަހެޅުން
  29. ރަށުތަރައްޤީ ޕްލޭނާއެކު ފޮނުވަންޖެހޭ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އޮގަސްޓްމަހުގެ ނިޔަލަށް އަތޮޅު ކައުންސިލަށް ފޮނުވުން
  30. އިދާރާގެ މާލީބަޔާން ތައްޔާރުކޮށް މާޗްމަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އެލް.ޖީ.އޭ އަށާއި އަދި އަތޮޅުކައުންސިލް އިދާރާއަށް ފޮނުވުން
  31. ޔުނިޓްގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެމުވައްޒަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތް ކުރުން
  32. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

އެކައުންޓިންގ ނުވަތަ ފައިނޭންސް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ބެލޭނެބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން"

12

5

5

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

އިންޓަރވިއު / ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

ވަޒީފާއާއި ގުޅޭ ދާއިރާތައް:- ފައިނޭންސް ، އެކައުންޓިންގ

ވަޒީފާއާއިގުޅޭ ތަޢުލީމީ ރޮނގުތައް:- އެކައުންޓިން، ފައިނޭންސް

 

މަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރަޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސްފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހއ.މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6500061 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 3 އޯގަސްޓް 2018 އާ 6 އޯގަސްޓް 2018 އާ ދެމެދު، ހއ.މާރަންދޫ ކައުންސިލް އިދާރާ ގައެވެ.  ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

                       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6500061 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

5 ޛުލްޤަޢިދާ 1439

18 ޖުލައި   2018

18 ޖުލައި 2018
ހޯދާ