ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބީލަން ހުޅުވާލުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތާއި ގޯތި ކުނިކަހާ، ފޮޅާ، ސާފު ކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)KRH-MS/2018/01 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން ތަކުގެ މުއްދަތު ހަމަވެފައިވާތީ އެ އިޢުލާނާއި، އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލް ކޮށްފީމެވެ.

ވީމާ، އަލުން މި މަސައްކަތް ކުރުމަށް ޝައުޤު ވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ބީލަމާއި ބެހޭ ލިޔުންތައް ހޯދުމަށް ރިސެޕްޝަން ކައުންޓަރަށް ބީލަން ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ނަމެއްގައި ސިޓީ ހުށަހެޅުއްވުމަށް ފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ބީލަމާއި ބެހޭ ލިޔުންތަކުގެ އަގަކީ -/50 ރުފިޔާއެވެ.

  • ބީލަމާއި ބެހޭ ލިޔުންތައް ހޯދުމަށް ސިޓީ ހުށަހެޅުއްވުމުގެ މުއްދަތު

18 ޖުލައި 2018 ވަނަ ދުވަހުގެ 12:00 ން 25 ޖުލައި 2018 ވަނަ ދުވަހުގެ 12:00 އަށް ރިސެޕްޝަން ކައުންޓަރަށް.

  • ޕްރިބިޑް މީޓިން

25 ޖުލައި 2018 ވަނަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިން ރޫމްގައި.

  • ޕްރޮޕޯސަލް ހުށަހެޅުން

1 އޯގަސްޓް 2018 ވަނަ ދުވަހުގެ 13:00 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހުގެ މީޓިން ރޫމްގައި.

ބީލަމާއި ބެހޭ ލިޔުންތައް ނަންގަވާފައި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.

18 ޖުލައި 2018
ހޯދާ