ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް

                   ބުރުނީގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުއާއި ފެންޕްލާންޓްގެއަށް ދަތިވާގޮތަށް ހުރި ( 1 ން 15 އަށް ފެހިކުލައިގެ ސްޕްރޭއިން ނަމްބަރުޖަހާފައިވާ ) 15 ރުކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

                 ވީމާ، މި ރުއްތަކުގެ ވެރިފަރާތުން 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުކުގައި ޖަހާފައިވާ ނަމްބަރު އެނގޭގޮތަށް ލިއުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.  އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.   

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                          05 ޒުލްޤައިދާ  1439   

                             18  ޖުލައި   2018

18 ޖުލައި 2018
ހޯދާ