މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭހާއި ބެހޭ ޤަވާއިދު ނަންބަރު: 2014/R-46 ގައިވާ ގޮތުގެ މަތިން ވިޔަފާރީގެ ގޮތުގައި ބޭެސް އިމްޕޯރޓްކުރުމާއި ގުޅޭ

އިޢުލާން

                                 

            ބޭހާއި  ބެހޭ ޤަވާއިދު ނަންބަރު:  2014/R-46 ގައިވާ ގޮތުގެ މަތިން  ވިޔަފާރީގެ ގޮތުގައި  ބޭެސް އިމްޕޯރޓްކުރާ އިރު ހުށަހަޅާ އިންވޮއިސް ތަކާއި، އެތެރެކުރާ ބޭހުގެ  ކޮންމެ ބެޗަކަށް  ބެޗް ނަންބަރު ވަކިން  އެނގޭގޮތަށް  ހުށަހަޅަމުން ނުގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. 

ބޭހުގައި މައްސަލައެއް ދިމާވެއްޖެހާލަތުގައި  އެބޭސް  ޓްރޭސް ކުރުމަށް  ބޭނުންކުރެވެނީ  ބެޗް ނަންބަރު ކަމަށް ވާތީ،ބެޗް ނަންބަރަކީ ކޮންމެހެން އިނގެންޖެހޭ ވަރަށް މުޚިއްމު މައުލޫމާތެކެވެ. އެހެން ކަމުން އިމްޕޯރޓް ކުރާ ހުރިހާ ބޭހެއްގެ  ބެޗް ނަންބަރު،  ކޮންމެ ބެޗެއް ވަކިން  އެނގޭ  ގޮތަށް ބޭހުގެ އިންވޮއިސް  ހުށަހެޅުމަށް  ދެންނެވީމެވެ.

 

            އަދި 05 އޮކްޓޯބަރ 2018 ގެ ފަހުން މަތީގައި ދެންނެވިފައިވާ ފަދައިން، އިމްޕޯރޓްކުރާ ބޭހުގައި ބެޗް ނަންބަރު ނުހިމެނޭނަމަ، އަދި ބެޗް ނަންބަރު އާއި އިންވޮއިސް އެއްގޮތް ނުވާ ބޭސް ހިފަހައްހައްޓަމުން ގެންދާނެކަން އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

 

                                            05 ދުލްޤައިދާ  1439ހ.

18 ޖުލައި 2018
ހޯދާ