ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޗް އާރު ކޮންސަލްޓަންޓް

ސިވިލް ސަރވިސް ކޮމިޝަނުގެ ބޭނުމަށް ކޮންޕީޓެންސީ ރެކްރޫޓްމަންޓް މޮޑެލްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

 

މަސައްކަތުގެ ތަފްޞީލް:

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް" އަށް ބައްޓަން ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މަގާމުތަކަށް ބޭނުންވާ "ޕަރސަން ސްޕެސިފިކޭޝަން" (މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ސިފަތަކާއި ހުނަރުތައް) އެކުލަވާލުމަށް ބޭނުންކުރާނެ "ކޮމްޕީޓެންސީ މޮޑެލް" އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަސައްކަތުގެ އަގު: 50,000 (ފަންސާސް ހާސް ރުފިޔާ)

މި މަސައްކަތް ކުރުމަށް ޝައުގިވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކާއި، މަސައްކަތުގެ ތަފްޞީލާއި މަސައްކަތަށް ކަނޑައެޅިފައިވާ އަގު އަދާކުރާނެގޮތްތައް އަދި މަސައްކަތުގެ މުއްދަތު ހިމެނޭގޮތުން ތައްޔާރުކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއެލު އެޓޭޗްކޮށްފައި ވާނެއެވެ. އަދި މި ޓަރމްސް އޮފް ރެފަރެންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް، 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

ފޯން:  3307301/3307302 

އީމެއިލް: [email protected] / mariyam.[email protected]

ވެބްސައިޓް: www.csc.gov.mv

 

 

05 ޛުލްޤަޢިދާ 1439

18 ޖުލައި 2018 

18 ޖުލައި 2018
ހޯދާ