މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

                                                      ނަންބަރ: MTCC-HRAD/IU/2018/0094    

އެޕްރެންޓިސްޝިޕް-މެރިން މެކޭނިކް ޓްރޭނީ

އެޕްރެންޓިސްޝިޕްގެ ފުރުޞަތު

މެރިން އިންޖިނިއަރިންގ ދާއިރާއަށް ޝައުގުވެރިވާ އުމުރުން 18 އަހަރާއި 25 އަހަރުން މަތީގެ ޒުވާނުންނަށް (މެރިން މެކޭނިކް-ޓްރޭނީ) އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގެ ދަށުން ހޮވޭ ފަރާތްތައް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިކުންފުނީގެ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ އާފްޓަރ ސޭލްސް ސާވިސް ޔުނިޓްގައެވެ.  

މި ޕްރޮގްރާމް ފުރިހަމަ ކުރަމުންދާއިރު އެފަރާތަކަށް އެލަވަންސެއްގެެ ގޮތުގައި މަހަކު -/2500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އެޕްރެންޓިސްޝިޕްގެ ޝަރުތު:

  • އުމުރުން 18 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ސިއްޚަތު ރަގަޅު ފަރާތެއް ކަމުގައިވުން.

މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ގަޑި:

އާދިއްތަ – ބުރާސްފަރި 14:00-17:00

ހޮނިހިރު – 09:00 – 17:00

 

           ވީމާ, މިޕްރޮގުރާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ކެންޑިޑޭޓް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001139 / 3001149 

އީމެއިލް: [email protected]         

17 ޖުލައި 2018

17 ޖުލައި 2018
ހޯދާ