ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2018/54
|
ތާރީޚް: 16 ޖުލައި 2018
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީ.އެސް 3
|
ޢަދަދު
|
01
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
ސެކްޝަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/4,465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %50 (2,232.50)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށް ދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައި ވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ލިބިފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ކުށުގެ ރެކޯޑާއި، ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިޑިޕާޓްމަންޓަށް ވަޑައިގަންނަ ފަރާތްތަކަށް އަވަސްކަމާއެކު ޚިދުމަތްދިނުން.
- ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މިޑިޕާޓްމަންޓަށް ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، ފޯމު ފުރިހަމަކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން.
- ޑިޕާޓްމަންޓަށް އެކި އެކި ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތް ފޯރުކުރުމުގެ މަސައްކަތް ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދިއުން.
- ޑިޕާޓްމަންޓަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި، ކަމާބެހޭ ސެކްޝަންތަކަށް ފޮނުވަންޖެހޭ ފޯނުކޯލުތައް ފޮނުވުމުގެ މަސައްކަތް ކުރުން.
- މަޢުލޫމާތު ހޯދުމަށް ޑިޕާޓްމަންޓަށް ވަޑައިގަންނަވާ ފަރާތްތަކާ، ފޯނު ކުރައްވާ ފަރާތްތަކަށް ކަމާގުޅޭ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރިސެޕްޝަނާއި، ރިސެޕްޝަން ހުންނަ ހިސާބު ސާފުތާހިރުތޯ ބެލުމާއި، ރިސެޕްޝަންގައި ގެންގުޅޭ ސްޓޭޝަނަރީސްތައް ރީތިކޮށް އޯގަނައިޒްކޮށް އަތުރާފައި ބެހެއްޓުން.
- ކިއުނަންބަރު ނަގާ ސިސްޓަމްގައި ބޭނުންކުރާ ޕޭޕަރ ރޯލްތައް ހުސްނުވާނެހެން އަބަދުވެސް ޗެކްކޮށް ބެލެހެއްޓުން.
- ޑިޕާޓްމަންޓުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
- މިޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށް އަންނަ ފަރާތްތަކުގެ ފައިސާ ބަލައިގަނެ، ކޮންމެ ދުވަހަކު ލިބޭ ފައިސާ ކަމާބެހޭ ސެކްޝަނާ ހަވާލުކުރަމުން ގެންދިއުން.
- ޑިޕާޓްމަންޓުގެ އެންޓްރީއަށް ލިބޭތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކާ ޙަވާލުކުރުން.
- ޑިޕާޓްމަންޓުގެ ޖެމްސް ލޮގިންގ ޤަވާޢިދުން ޗެކްކޮށް އިންކަމިން މެއިލްތައް ނެގުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ސެކްޝަން ހެޑް އަންގަވާ ގޮތެއްގެ މަތިން ހަމަޖެއްސުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2018 ޖުލައި 24 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 ޕަސެންޓް
- މަސައްކަތުގެ ތަޖްރިބާ: 10 ޕަސެންޓް
- މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް
- އިންޓަރވިއު: 50 ޕަސެންޓް
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
- ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
- ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- އޭ-ލެވެލް ނުވަތަ އޯ-ލެވެލް އިގިރޭސިން ފާސްވެފައިވާ ފަރާތްތަކަށްވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|