ހދ. ފިނޭ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
އެންރޯލްޑް ނާރސް

މަޤާމް :އެންރޯލްޑް ނާރސް
ބޭނުންވާ އަދަދު :1

ފިނޭ ޞިއްޙީ މަރުކަޒު

ހދ.ފިނޭ               ނަންބަރ:IUL)B04-HC/2018/07)

ދިވެހިރާއްޖެ           އިއުލާން   

މި ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

 އެންރޯލްޑް ނަރސް

މަގާމުގެ ނަންބަރު:

 J-248074

މަގާމުގެ ގިންތި:

 ދާއިމީ

ބޭނުންވާ ޢަދަދު:

 01

މަގާމުގެ ރޭންކް:

 GS4

މަގާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

 ނާރސިންގ

މަގާމް އޮތް އޮފީސް:

 ހދ.ފިނޭ ޞިއްޙީ މަރުކަޒު / މިނިސްޓްރީ އޮފް ހެލްތް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

 ފިނޭ ޞިއްޙީ މަރުކަޒު / ހދ.ފިނޭ

މުސާރަ

 މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/2500 ރުފިޔާ

އިތުރުޢިނާޔަތްތައް:

1. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ސިވިލް ސަރވިސްގެ ޤަވާއިދުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.

5. ބަންދު ދުވަސްތަކުގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ސިވިލް ސަރވިސްގެ ޤަވާއިދުގެމަތިން ހަމަޖެހިފައި އޮންނަ އުސޫލުން ބަންދު ދުވަހުގެ ފައިސާ.

6. ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ކޯ އެލަވަންސް

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ނަރސިންގް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކުރުން.

2) ސިއްހީމަރުކަޒުން ފަރުވާ ހޯދުމަށްއަންނަ ފަރާތްތަކަށް ދޭންޖެހޭ ފަރުވާތަށް ދިނުމުގައި ހުރިހާ ޑިޕާޓްމަންތަކެއްގައި ( އޯޕީޑީ، ލޭބަރރޫމް، ޑްރެސިންގްރޫމް މަސައްކަތްކުރުން.

3) 5 އަހަރުން ދަށުގެ ކުދިން ބަރުދަން ބެލުމުގައި ޕަބްލިކް ހެލްތް ޔުނިޓުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި އަމަލީގޮތުން ބައިވެރިވުން.

4) އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

5) އާސަންދައިގެ ދަށުން ހަދަންޖެހޭ ބިލްތައްހެދުމާއި އިންވޮއިސް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން.

6) މެޑިކަލް ކޮންޒިއުމަބަލްސް، މެޝިނަރީޒް ފަދަ ތަކެތި ސްޓޮކަށް ބޭނުންވާނޭހެން ލަސްނުކޮށް ރިކުއެސްޓްކޮށް ތަކެތި ހޯދުން.

7) މެޑިކަލް ސްޓޮކް އަދި ކޮންޓްރޯލް ޑްރަގް ސްޓޮކް ބެލެހެއްޓުން.

8) ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ޖަވާބުދޭންޖެހޭ ލިޔުންތަކަށް ޖަވާބުދީ ފައިލްކުރުން.

09) ވެކްސިންދިނުމުގެ ކަންތައްތަކުގައި ޕަބްލިކް ހެލްތް ޔުނިޓުގެ މުވައްޒަފުންނަށް އެއްބާރުލުންދީ އެކަމުގައި  އަމަލީގޮތުން ބައިވެރިވުން.

10) ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން އާންމުން ހެލުންތެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި އަމަލީގޮތުން ބައިވެރިވުން.

11) ސިއްހީ ގޮތުން ފާހަގަ ކުރެވޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި އަމަލީގޮތުން ބައިވެރިވުން.

12) އޯޕީޑީ، އައި.ޕީ.ޑީ އަދި އެހެނިހެން ޙިދުމަތްދޭ ފަރާތްތިކުގެ ރެކޯޑްސްތައް ފުރިހަމަކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

13) ބަލިމީހާއާއި ޑޮކްޓަރާދެމެދު ހިތްހަމަޖެހޭ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން.

14) ދިމާވާ ބައެއް ހާލަތްތަކުގައި ތަރުޖަމާކޮށްދިނުން.

15) ކްލިނިކަލް އޭރިޔާ ތަކުގައި ބޭނުންކުރެވޭ އިކްއިޕްމަންޓްސް، މެޝިނަރީޒް އަދި ފަރުނީޗަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

16) ރިފާރކުރެވޭ ބަލިމީހުންނާއެކު ދާންޖެހޭ ޙާލަތްތަކުގައި ދިޔުން.

17) ނަރުހުންގެ ފަރާތުން ބަލިމީހާއަށްދޭ ފަރުވާއާއި، ޙިދުމަތްދެމުންދާނީ ހެދިފައިވާ ޕްރޮޓޮކޯލްތަކައި، ޤަވާއިދާ އެއްގޮތަށްތޯ ބަލައި އެގޮތްތަކަށް އަމަލުކުރަމުން ގެންދިޔުން.

18) ދިމާވާ އެމެޖެންސީ ހާލަތްތަކުގައި ޞިއްޙީ މަރުކަޒުގެ އިންޗާޖަށް އެހީތެރިވުން.

19) މަރުކަޒުގެ ފަރާތުން ހިންގޭ ތަފާތު ޚަރަކާތްތަކުގައި މަރުކަޒުގެ ފަރާތުން އަންގާގޮތެއްގެ މަތިން ބައިވެރިވުން.

މަގާމުގެ ޝަރުތުތައް:

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ޙާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައިޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ފިނޭ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv (http://www.csc.gov.mv/) އިން ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯރމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ފިނޭ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މިގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހު ފިނޭ ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (ތިރީސް އިންސައްތަ)

އިތުރު މައުލޫމާތު ހޯދުން:

މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6520575 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                           

16 ޖުލައި 2018
ހޯދާ