ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީމަތީގައި ތަކެތި ބެހެއްޓުމާއިބެހޭ:

މިރަށު ޖެޓީމަތީގައި ބައެއް ފަރާތްތަކުން ގިނަދުވަސްތަކެއްވަންދެން ތަކެތި ބެހެއްޓުމުގެ ސަބަބުން އަރާފޭބުމަށާއި، އެހެނިހެން މުހިއްމު ބޭނުންތަކަށް ޖެޓީ ބޭނުންކުރައްވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ވީމާ، ޖެޓީމަތީގައި ތަކެތި ބަހައްޓަވާ ފަރާތްތަކުން މިކަމަށް މިހާރައްވުރެ ބޮޑަށް ސަމާލުވެލައްވާ މިގޮތަށް ބަހައްޓާވާތަކެތި ގިނަދުވަސްތަކެއްވަންދެން ނުބެހެއްޓެވުމަށާއި ވަގުތީގޮތުން ޖެޓީމަތީގައި ތަކެތިބެހެއްޓުމުގައި އާމުންނަށް ދަތި ނުވާނޭހެން ބެހެއްޓެވުމަށް ނަސޭހަތްތެރިވަމެވެ. އަދި މިހާރު ޖެޓީމަތީގައި ބަހައްޓާފައިވާ ތަކެތި 9 އޮގަސްޓް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނަންގަވާ ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. މިމުއްދަތުގައި ނުނަންގަވާހުރި ތަކެއްޗާއިމެދު މިކައުންސިލުން ނިއްމާގޮތެއްގެ މަތިން ޢަމަލުކުރާނެ ވާހަކަ ދެންނެވީމެވެ.        

                މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

10 ޖުލައި 2018
ހޯދާ