މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން، ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންނާއި، އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމުގެ މަސައްކަތާއި، ސޯޝަލް ހައުސިންގގެ ގޮތުގައި މާލޭ ސިޓީން ދޫކޮށްފައިވާ ތަންތަން ހިންގައި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް 01 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީން ކުރާގޮތަށް ހަމަޖައްސަވާފައިވާތީ، ދެންނެވުނު މަސައްކަތްތައް މި މިނިސްޓްރީން ކުރަމުންގެންދާވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އަދި މާލެ ސިޓީ ދަފުތަރުގައި ޖެހެން ބޭނުންވާ  މީހުން  ދަފުތަރުގައި  ޖެއްސުމުގެ  މަސައްކަތް 11 ޖުލައި 2018 އިން ފެށިގެން މި މިނިސްޓްރީގެ ލޭންޑް އެންޑް ބިލްޑިންގ ޑިޕާޓްމަން އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.   މި ޑިޕާޓްމަންޓް ހުންނާނީ މާފަންނު އަމީނީމަގުގައި ހުންނަ މި މިނިސްޓްރީގެ މައި އޮފީހުގަ އެވެ.

15 ޖުލައި 2018
ހޯދާ