މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

   

                                                      ނަންބަރ: MTCC-HRAD/IU/2018/0090    

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

 ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

މަޤާމް:

ެއެޗް.އާރ އެސިސްޓެންޓް

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

ޢަސާސީ މުސާރަ:        

-/4700ރ (މަހަކު)

ސަރވިސް އެލަވަންސް:      

-/1000ރ (މަހަކު)

ޝަރުޠު                 

  • އަސާސީ ތައުލީމު ފެންވަރު (ގްރޭޑް 7 ނިންމާފައިވުން)
  • އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހެއްކަމުގައި ވުން
  • އިގިރޭސީ އަދި ދިވެހި ބަހުން މުއާމަލާތް ކުރަން އެގުން.
  • މައިކްރޮސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ބިދޭސީ މުވައްޒަފުންގެ ވިސާގެ އެންމެހާ މަސައްކަތްތަށް ކުރުމަށް އިމިގުރޭޝަން، މީރާ އަދި އެމްބަސީތަކަށް ދިޔުން
  • މުވައްޒަފުންގެ މެޑިކަލް ކަންކަމުގައި ހޮސްޕިޓަލްތަކަށް ދިޔުން.
  • މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމާއި ފުރުވާލުމުގެ ކަންތަކުގައި އެއަރޕޯރޓަށް ދިޔުން.

 

           ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001120 / 3001149 

އީމެއިލް: [email protected]         

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

15 ޖުލައި 2018

 

15 ޖުލައި 2018
ހޯދާ