ދިވެހިރާއްޖެ
މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS6/1/2018/150 އިޢުލާނު އަދި 10 ޖުލައި 2018 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-DS2/138/2018/91 އިޢުލާނު ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޞްލާޙު 1 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ ފޯމު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފޯމުގެ ޞަފްޙާ 3އަށް ބަދަލުގެނެވިފައިވާ ފޯމު މި މިނިސްޓްރީގެ ހިޔާ ވެބްސައިޓުންނާއި، މި މިނިސްޓްރީއިން ލިބިވަޑައިގަންނަވާނެވެ. އަދި އެންމެ ފަހުގެ އިޞްލާޙްކޮށްފައިވާ 2 ކެޓެގަރީގެ އިޞްލާޙްކުރެވިފައިވާ ފޯމު އަދި މަޢުލޫމާތު ކަރުދާހުގެ ކޮންމެ ޞަފްޙާއެއްގެ ތިރީގައި H9/07/18/V3 ނުވަތަ H13/07/18/V3 ލިޔެވިފައިވާނެއެވެ. |
އިޞްލާޙު 2 |
|||||||||||||||||||||||||||||||||||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ |
||||||||||||||||||||||||||||||||||||||||||||||||||||||
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 3 |
|||||||||||||||||||||||||||||||||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
||||||||||||||||||||||||||||||||||||||||||||||||||||
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 4 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ލިޔުންތައް ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: - ފޯމު ހުށަހަޅާ ފަރާތުގެ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުން ހަވާލުކުރެވޭ މާލޭ ދަފްތަރުގެ ވަގުތީ ލިޔުމުގެ ކޮޕީ - ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ތެރެއިން 1.2 (މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު) ހިޔާރުކުރައްވާ ނަމަ ފުލެޓަށްއެދޭ މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ 2 ހެކިންގެ އައިޑީ ކާޑުގެ ކޮޕީ - މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތުގެ ތެރޭގައި ކިޔަވަން ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމާއި، ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން 6 މަސް ނުވަތަ 6 މަހަށްވުރެ ދިގު މުއްދަތަކަށް މާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅެފައިވާނަމަ އެކަން ސާބިތުކުރުމަށް ބޭސް ފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ |
އިޞްލާޙު 5 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 4 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން ނުވަތަ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅައި މާލޭ ދަފްތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތަކަށްވުން |
އިޞްލާޙު 6 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ މާނަކުރުމަށް ތިރީގައިމިވާ މާނަކުރުން އިތުރުކޮށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: މެދުކެނޑުން: މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި މެދުކެނޑުމެއް ކަމުގައި ބެލެވޭނީ، ތިރީގައިވާ ސަބަބުތައް ފިޔަވައި އެހެން ސަބަބަކާއިހުރެ 6 މަސް ނުވަތަ 6 މަހަށްވުރެ ދިގު މުއްދަތަކަށް މާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅެފައިވާނަމަ. 1) ކިޔަވަން ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން 2) ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުން |