ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަމްބަރު:

J-296446

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ  

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ސަރަޙައްދީ މިއުޒިއަމްގައި ކުރަންޖެހޭ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ތަނަށް ހުށަހެޅޭ މައްސަލަތައް ހިންގަމުން ގެންދިޔުމާއި ޖަވާބު ދޭންޖެހޭ ކަންކަމަށް ޖަވާބު ދިނުމާއި ޔުނިޓުގެ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، މިއުޒިއަމްގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2. މިއުޒިއަމްއަށް ޒިޔާރާތްކުރާ ޢާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ރާވައި ހިންގާނެގޮތާއި ބެހޭގޮތުން އިރުޝާދުދީ އެފަދަ މަސައްކަތްތައް ކުރެވެމުންދާގޮތް ބެލުން.

3. މިއުޒިއަމްއަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށް އިސް ފަރާތްތަކުގެ މަޝްވަރާ ހޯދައި، ސެކްޝަންގެ ހެޑުންނާއި މަޝްވަރާކޮށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން.

4. މިއުޒިއަމްގައި މަސައްކަތްތައް ސުޕަވައިޒްކުރުމާއި ޔުނިޓް މުވައްޒަފުންގެ މަސައްކަތްތައް އޯވަރޯލްކޮށް މޮނިޓަރ ކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، އަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ޤަވާޢިދާއި އަދި އުސޫލުތަކާއެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.

5. ވަގުތީ ގޮތުން ބާއްވާ މައުރަޒުތައް އިންތިޒާމުކޮށް މައުރަޒުތައް ބޭއްވުން.

6. ތަނުގެ މުދަލާއި ފައިސާ އަދި ސްޓޮކް، ގަވާއިދާއި އެއްގޮތަށް ބެލެހެއްޓެމުން ދާކަން ކަށަވަރު ކުރުން.

7. ސެކްޝަން/ޔުނިޓުން ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެ ވަޞީލަތްތައް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.

8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

 

1. ބިޒިނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،            

2. ބިޒިނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. ބިޒިނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ބިޒިނަސް މެނޭޖްމަންޓާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުން.

 

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-296447

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ  

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސަރަޙައްދީ މިއުޒިއަމަށް ވަންނަ ފަރާތްތަކަށް ޓިކެޓް ވިއްކުން.
  2. ޚިދުމަތް ދީގެން ލިބޭ ފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ބަލަހައްޓައި، ފައިސާގެ މުއާމަލާތާއި ގުޅިގެން ޔުނިޓަށް ލިބޭ އާމްދަނީގެ ރިޕޯޓްތައް ދުވަހުން ދުވަހަށް، މަހުން މަހަށް ތައްޔާރުކޮށް ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވުން.
  3. ޑިޕާޓްމަންޓްގެ ފްރަންޓް އޮފީހުން ކަސްޓަމަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  4. ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި އޭގެ ހިސާބުތައް އެކައުންޓްސް ބަލަހައްޓާ މުވައްޒަފާއި ހަވާލުކުރުން.
  5. ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާ ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމާއި އެ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުމަށް މަސައްކަތްކުރުން.
  6. ޔުނިޓުގެ މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ އެޗް.އާރް މުވައްޒަފުން އަންގާގޮތެއްގެ މަތީން ދުވަހުން ދުވަހަށް ބަލަހައްޓައި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. ޔުނިޓުގެ މުވައްޒަފުން ބްރޭކް ގަޑި ހޭދަކުރާގޮތުގެ ރެކޯޑް އަދި އިތުރުގަޑީގައި މަސައްކަތްކުރާ ގޮތުގެ ހާޟިރީ ބަލަހައްޓައި ކޮންމެ މަހަކު ޝީޓްތައް ޗެކްކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއަށް ފޮނުވުން.
  8. ޑިޕާޓްމަންޓުން ފޮނުވާ ތަކެތީގެ ސްޓޮކް ބލެހެއްޓުމާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
  9. ޔުނިޓަށް ލިބޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ރަޖިސްޓްރީކޮށް، ޖަވާބު ދޭންޖެހޭ ލިޔުންތައް ޖަވާބުދީ ނިމުމުން ޗެކްކުރުމަށްފަހު ފައިލްކުރުން.
  10. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމް :އެސިސްޓެންޓް މިއުޒިއަމް ގައިޑް
ބޭނުންވާ އަދަދު :1

މަޤާމް:

އެސިސްޓެންޓް މިއުޒިއަމް ގައިޑް

މަޤާމުގެ ނަމްބަރު:

J-296448

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ  

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސަރަޙައްދީ މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިއުޒިއަމްގައި ބެހެއްޓިފައިވާ ތަކެއްޗާއިބެހޭ މަޢުލޫމާތު ދިނުން.
  2. މިއުޒިއަމްގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން.                                  
  3. އެގްޒިބިޓް ކުރެވިފައި ހުންނަ ތަކެއްޗާއި ސްޓޯރޭޖްގައި ހުރި ތަކެތީގެ ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުން.
  4. ހުރިހާ ތަކެއްޗާއި  އަލަށް ލިބޭ ތަކެތީގެ  ފޮޓޯނަގައި ފޮޓޯ  އިންވެންޓްރީ  ބެލެހެއްޓުން.
  5. ތަނަށް އަލަށް ލިބޭ ތަކެތީގެ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުން.
  6. އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދީ ހުރިހާ ތަކެތީގެ މަޢުލޫމާތު އޭގައި ހިމެނުން.
  7. ވަގުތީ މައުރަޒު ބޭއްވުމުގެ މަސައްކަތް ކުރުން.
  8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމް:

މަސައްކަތު

މަޤާމުގެ ނަމްބަރު:

J-296449

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރަޙައްދީ މިއުޒިއަމް ޔުނިޓް، ގދ. ތިނަދޫ  

މުސާރަ:

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1,200 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮފީހުގައި ހުރި ފަރނީޗަރ/އިކުއިޕްމަންޓްސް އަދި މިއުޒިއަމްގެ ޑިސްޕްލޭގައި ހުރި އާސާރީ ތަކެތި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ދުވަހުން ދުވަހަށް ސާފުކުރުން.
  2. މިއުޒިއަމް ގޯތިތެރެއާއި ޢިމާރާތް ހިމެނޭ ތަންތަނާއި އެތަނުގެ ގޯތިތެރެ ވަށައިގެން ކުނިކެހުމާއި ފޮޅާ ސާފުކުރުން.
  3. މިއުޒިއަމްގެ ގޯތި ތެރޭގައިވާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  4. ކުރާ މަސައްކަތާއި ގުޅިގެން މިއުޒިއަމްގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
  5. މިއުޒިއަމްގެ ކަލެކްޝަން ޑިސްޕްލޭ ކުރެވިފައިވާ ހޯލް ބަލަހައްޓަންޖެހޭ ވަގުތުގައި ބެލެހެއްޓުން.
  6. ބޭރަށް ގެންދަންޖެހޭ ސިޓީ އާއި ނޯޓް އަދި އެފަދަ އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  7. އޮފީހުގެ އެތެރޭގެ އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި އެކަމަށް އަންގަވާ ފަރާތެއްގެ އިރުޝާދުގެ ދަށުން ގެންދަންޖެހޭ ތަނަކަށް ގެންދިއުން.
  8. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް  ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުގެ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018  ޖުލައި 22 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3326796 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  2018 ޖުލައި 23 އާއި 25 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ނުވަތަ ގދ. ތިނަދޫ ސަރަޙައްދީ މިއުޒިއަމް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

28  ޝައްވާލް  1439

12 ޖުލައި 2018
ހޯދާ