މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
1 އަހަރުގެ މުއްދަތަކަށް އޮފީސް ސްޕޭސްއެއް ކުއްޔަށް ހިފުމާއި ބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓްގެ މަސައްކަތް ހިންގުމަށްޓަކައި އޮފީސް ސެޓަޕް ހެދޭގޮތަށްހުރި 1 ފްލޯރ އިން 2500 އަކަފޫޓަށްވުރެ ކުޑަ ނޫން ރަނގަޅު ފެންވަރެއްގެ އޮފީސް އިމާރާތެއް 1 (އެކެއް) އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ގޯތީގެ ނަން،
  • ކުއްޔަށް ދޫކުރާ ތަން ހުރި އިމާރާތުގެ ފަންގިފިލާގެ ޢަދަދު
  • ކުއްޔަށް ދޫކުރާ ތަން ހުރި ފަންގި ފިލާ
  • ލިފްޓު ހުރިކަން ނުވަތަ ނެތްކަން
  • މަހު ކުލި (ދިވެހި ރުފިޔާ)
  • މަހު ކުލީގެ އިތުރަށް ފައިސާއެއް ނަގާނަމަ އެފައިސާގެ ތަފްސީލު
  • ބޮޑުމިން (އަކަފޫޓު)
  • ގޯތި ހުރި ބިން އެނގޭނެ ޗާޓެއް
  • ކުއްޔަށް ދޫކުރާ ތަނުގެ ފްލޯރޕްލޭން

ނޯޓް: އިމާރާތް ކުއްޔަށް ހިފުމުގައި މަޖީދިމަގުން ދެކުނުގެ ސަރަޙައްދުގައިވާ އިމާރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހެޅުން

ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2018 ވާ ދުވަހުގެ 1300 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 24 ޖުލައި 2018 ވާ ދުވަހުގެ 1300 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. 

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފްސީލް

އަގަށް: 60 ޕޮއިންޓު

   ހުށަހެޅޭ އެންމެ ހެޔޮ އަގު

× 60

ހުށަހެޅި އަގު

އިމާރާތް ހުރި ތަން: 20  ޕޮއިންޓު

މަޖީދީމަގުން ދެކުނު އަދި ޗާނދަނީމަގުން ހުޅަނގު ސަރަޙައްދުގައިވާ އިމާރާތެއް ނަމަ 20 ޕޮއިންޓް ދެވޭނެއެވެ. އެހެން ސަރަހައްދެއްގައިވާ އިމާރާތެއް ނަމަ މި ކްރައިޓީއަރއިން އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

ކުއްޔަށް ހިފާ ތަނުގައި ހުރި ފަންގިފިލާ: 20  ޕޮއިންޓު

ކުއްޔަށް ހިފާ ތަނުގެ 1 ފްލޯރގައި 2500 އަކަފޫޓު ހަމަވާނަމަ 20 ޕޮއިންޓް ދެވޭނެއެވެ. އެތަނުން 2500 އަކަފޫޓު ހަމަވަނީ 2 ޕްލޯއިން ކަމުގައިވާނަމަ 10 ޕޮއިންޓް ދެވޭނެއެވެ. އަދި އެތަނުން 2500 އަކަފޫޓު ހަމަވަނީ 2 ޕްލޯއަށްވުރެ ގިނަ ފްލޯއިން ކަމަށްވާ ނަމަ މި ކްރައިޓީއަރއިން އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

 

ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv

 

11 ޖުލައި 2018
ހޯދާ