ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

     ޤައުމީ ކުތުބުޚާނާ ހިގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތުގެ ކުތުބުޚާނާ ހިންގާ ބަޔާއި، ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތް ކޮންޓްރެކްޓް އުސޫލުން ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް  ހޯދަން ކުރި ނަންބަރ:(13.06.2018)(IUL)56-CAS/1/2018/17 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ،އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 18 ވާ ބުދަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

26 ޝައްވާލް 1439

10 ޖުލައި 2018
ހޯދާ