އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިގުރަށު ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާނެފަރާތެއް ހޯދުން

އދ.ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

 

  ނަންބަރު:353/2018/19

އިޢުލާނު

 

އދ. ދިގުރަށު ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާނެފަރާތެއް ހޯދުން

 

މިރަށު ދެކުނުކޮޅު ތުނޑީ ސަރަޙައްދު ( ރަށްބުރިކޮށްލިމަގުން ފެށިގެން ދެކުނަށް ތުނޑީގެ ފަސްގަނޑު ނިމޭހިސާބަށް ) 5 އަހަރުގެ މުއްދަތަށް ސާފުކޮށް ބަލައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ " ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ބިޑް ހުށަހެޅުމާބެހޭ މަޢުލޫމާތު " ގެ މައްޗަށް ބިނާކޮށް ފުރިހަމަކޮށްފައިވާ "ބިޑްފޯމް" 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާގުޅޭ ބިޑްފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން -/200 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

 

ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ބިޑް ހުށަހެޅުމާބެހޭ މަޢުލޫމާތު

 

ތަޢާރަފް

ރަށުގެ ދެކުނުކޮޅުން ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަރަޙައްދު (ރަށްބުރިކޮށްލިމަގުން ފެށިގެން ދެކުނަށް ތުނޑީގެ ފަސްގަނޑު ނިމޭހިސާބަށް) ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއެވެ. މިގޮތުން ތުނޑި ބެލެހެއްޓުން ޙަވާލުކުރެވޭނީ ޢާންމުކޮށް އިޢުލާނުކޮށްގެން ލިބޭ "ބިޑްފޯމް" ތައް އިވެލުއޭޓުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

ތުނޑީސަރަޙައްދު ބަލަހައްޓަން ޙަވާލުވާ ފަރާތަށް ހުރި ފުރުޞަތުތައް:-

  1. ތުނޑީ ސަރަޙައްދުގައި ކެންޓީނެއް ހިންގިދާނެއެވެ. މިގޮތުން ކެންޓީނު ހިންގުމަށްޓަކައި، އެކަމަށް އެކަށޭނަ ޢިމާރާތެއް (ރަށްފުށުގެ ކޮންސެޕްޓް) ނުގެއްލޭގޮތަށް ކައުންސިލްގެ މަސްވަރާގެމަތިން ހެދިދާނެއެވެ. އަދި ކެންޑީނު ހިންގުމުގައި އެސަރަޙައްދަށް ޕިކްނިކް ދާފަރާތްތަކަށް ބޭނުންވާ ފެން، ހަވާދު. މަސް ނާށި ފަދަ ތަކެތި ވިއްކޭނެއެވެ.
  2. ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ހުށައަޅާ އަގު (އެންމެ ބޮޑުކޮށް ހުށަހެޅޭނީ މަހަކު 10,000/-  ރ (ދިހަހާސް) ފިޔާއެވެ.)

 

ތުނޑީ ސަރަޙައްދު ބެލެހެއްޓުން ޙަވާލުވާ ފަރާތުން އެސަރަޙައްދުގައި ނުކުރެވޭނެ ކަންތައްތައް:

  1. ގެސްޓްހައުސް ހިންގުން
  2. ކޮޓަރިކުއްޔަށްދިނުން
  3. ދަނޑުވެރިކަން
  4. ހޮޓާ،ރެސްޓޯރަންޓް، ކެފޭ ހިންގުން ( ކެންޓީނުފިޔަވައި)
  5. މިނޫންވެސް ޕިކްނިކް އޭރިއާއެއްގެ މަޤްޞަދު ގެއްލޭ އެއްވެސް ކަމެއް އެތަނުގައި ނުކުރެވޭނެއެވެ.

 

ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން ޙަވާލުވާ ފަރާތުން ޢަމަލުކުރަނެޖެހޭ ޢާންމު އުޞޫލުތައް:-

  1. ތުނޑީ ސަރަޙައްދު ބޭނުންކުރާ އެއްވެސް ފަރާތަކުން އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.
  2. ތުނޑިއަށް ޕިކްނިކްދާ ފަރާތްތަކަށް އުނދަގޫކުރުމުގެ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.
  3. ތުނޑީގައި ޤާއިމްކޮށްފައި ހުންނަ ވަޞީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި އެފަދަ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކުން ޚިދުމަތުގެ އަގު ނެގުމުގައި ކައުންސިލަށް އެހީތެރިވުން.
  4. ތުނޑީ ސަރަޙައްދު ސާފުކޮށް، ކުނިނައްތާލުމަށް ކައުންސިލުން ކަނޑައަޅާފައިއޮންނަ އުޞޫލުގެދަށުން ކުނިނައްތާލުން ނުވަތަ މެނޭޖްކުރުން.

ބިޑް ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތް:-

ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ހުށަހަޅާ އަގަށް

%30

1

ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް އަގެއް ހުށަހަޅާފައިނުވާނަމަ

%30

2

ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓަން މަހަކު ހުށަހަޅާ އަގު

5000/- ރުފިޔާ އާއިހަމައަށް

%20

3

ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓަން މަހަކު ހުށަހަޅާ އަގު

-/5001 ރުފިޔާއިން -/10000 ރުފިޔާ އާއިހަމައަށް

ތަނުގެ ޑިވެލޮޕްމަންޓަށް ޕޮއިންޓް ދިނުން

%35

1

ފާޚާނާ ތަރައްޤީކޮށް ހެޔޮފެން ފޯރުކޮށްދިނުން

%5

2

އިތުރު ކުޑަ/ހަޓް ޖަހާ ޚިދުމަތް ފުޅާކުރުން

%5

3

ތުނޑީ ސަރަޙައްދުން ކަރަންޓް ލިބޭނެ މަގުތަނަވަސްކޮށްދިނުން

%5

4

ބީޗްވޮލީކޯޓް ތަރައްޤީކޮށް ބެލެހެއްޓުން

%5

5

ރަށުގެ ދެފަރާތު ބީޗްމަތިން ޕްލާސްޓިކް ނަގާ ބެލެހެއްޓުން

%5

6

ތުނޑީސަރަޙައްދުގައި އިތުރު ވަޞީލަތްތައް ޤާއިމްކުރުން

%5

7

ތުނޑި ތަރައްޤީކުރުމަށް ކައުންސިލުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވުން

%5

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)

%35

1

ޞިއްޙީމަރުކަޒް ގޯތިތެރޭގައި ކުޑަ ލެބޯޓްރީއަކަށް ބޭނުންވާ ޢިމާރާތެއް ހަދައިދިނުން

2

ޕްރީސްކޫލްގެ ކުޅޭ ބިމުގެ ދެކުނުފަރާތު މަގުފާރުމައްޗަށް ފެންސެއް ޖަހައިދިނުން

%5

3

ބޮޑެތިމީހުންނަށް ކިޔަވައިދޭ ކްލާހަށް ބޭނުންވާ ފަރުނީޗަރު ހޯދައިދިނުން

%5

4

ރާއްޖޭން ބޭރުން ގެންނަ ޤުރުއާން ޓީޗަރުގެ މުސާރަ ހަމަޖައްސިދިނުން

 

  • ބިޑު ކާމިޔާބުކުރެވޭނީ މަދުވެގެން 70 ޕޮއިންޓް ހޯދައިގެންނެވެ.
  • ތުނޑީ ސަރަޙައްދު ބަލަހައްޓަން ޙަވާލުކުރެވޭނީ 5 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ރަނގަޅަށް ކަންކަން ދާނަމަ މުއްދަތު ހަމަވުމުން ދެފަރާތުން މަޝްވަރާކުރުމަށްފަހު އެއްބަސްވާނަމަ އިތުރު މުއްދަތު ދެވިދާނެއެވެ.
  • ބިޑް ހުށަހަޅަންވާނީ " ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓަން ހުށަހަޅާ ބިޑް ފޯމް " އިންނެވެ. މިފޯމް -/200 ރުފިޔާ އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ބިޑު ހުށަހަޅާފަރާތުން އެފަރާތުގެ ބޭނުމަށް ތުނޑީ ސަރަޙައްދުގައި ހަދަންބޭނުންވާ ތަންތަނާއި، އެސަރަޙައްދުގައި ކުރުމަށް ޤަސްދުކުރާ ކަންކަމުގެ ތަފްޞީލް ހުށަޅަންވާނެއެވެ.
  • ތުނޑީ ސަރަޙައްދު ސާފުކޮށް ބަލަހައްޓަން ޙަވާލުވާފަރާތުން އެސަރަޙައްދުގައި ކުރާކަންކަމާގުޅިގެން ނަގަންޖެހޭ ހުއްދަތައް ނެގުމާއި ފީ ދެއްކުމާއި ޖޫރިމަނާއެއް ވެއްޖެނަމަ އެ ޖޫރިމަނާއެއް ދެއްކުމަކީ ތުނޑީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ނަގަންޖެހޭ ހުއްދަތައް ނެގުމުގައި ތަނުގެ ވެރިފަރާތުގެ ޙައިޞިއްޔަތުން ދޭންޖެހޭ އެންމެހާ އެއްބާރުލުން ކައުންސިލްގެ ފަރާތުން ލިބޭނެއެވެ.

27 ޝައްވާލު 1439

11 ޖުލައި 2018

 

ސޮއި

ޢުޘްމާން ޢީސާ

ކައުންސިލްގެ ރައީސް

11 ޖުލައި 2018
ހޯދާ