މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

                        އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަމަނަވެށީގައި މަސައްކަތް ކުރުމަށް ތިރީގައި މިދަންނަވާ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް

މަޤާމުގެ ނަންބަރު

J-296240

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެމް.ސީ.އެޗް ސަރވިސަސް  ސެކްޝަން

މަޤާމު އޮތް އޮފީސް

ދަމަނަވެށި

ވަޒީފާ އަދާކުރަންޖެހޭ ތަން

ދަމަނަވެށި

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

ރިސްކް އެލަވަންސް

މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް -/100ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކަނޑައެޅިފައިވާ ޑިއުޓީގައި ނަރުހުންގެ ދާއިރާގެ އެންމެހާ ކަންތައްތަކުގައި ޒިންމާ ނެގުމާއި ޑިއުޓީ ނޫން ގަޑިތަކުގައިވެސް އެދާއިރާގައި ދިމާވާ ކަންކަން ކުރުމާއި އެހެން ނަރުހުންނަށް އެހީތެރިވުން.
  2. ކުޑަކުދިންނަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެކްސިން ދިނުމާއި ވެކްސިން ސްޓޮކް ބެލެހެއްޓުމާއި ރިކުއެސްޓް ކުރުން.
  3. 5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގެ ޚިދުމަތް ދިނުން އަދި މީގެ ތެރެއިން ޑިލޭޑް މައިލްސްޓޯން އަދި ޢުމުރާއި ގުޅޭގޮތުން އިސްކޮޅާއި ބަރުދަން އިތުރު ނުވާ ކުދިން ހުރި ކުދިން ދެނެގަތުމާއި އެކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގް ދިނުން އަދި ސްޕެޝަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ކުދިން ރިފަރ ކުރުން
  4. ދަމަނަވެއްޓަށް އަންނަ ބަލިމީހުންނާއި، އެން.ސީ.ޑީ ކްލަޔަންޓުންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ކަމާއިބެހޭ ޑޮކްޓަރެއްގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުން.
  5. އެދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ގޭގެއަށް ގޮސް ފަރުވާ ދިނުމުގެ މަސައްކަތުގަ އަމަލީ ގޮތުން ބައިވެރިވުން، އެފަދަ ބަލިމީހުން ގެ ރަޖިސްޓްރީ ބެލެހެއްޓުމާ އެކަމާގުޅޭގޮތުން ހަދަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުން.
  6. ކޮންސަލްޓޭޝަން ރޫމްތަކުގައި އަދި އޮބްޒަވޭޝަން ރޫމްގައި ޑޮކްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު ކޮންސަލްޓޭޝަން ޑެއިލީ ރިކޯޑްސް ބެލެހެއްޓުމާއި، ޑެއިލީ ސަވައިލަންސް ރިޕޯރޓް ތައްޔާރުކުރުމާއި، އޮބްޒަވޭޝަން އަދި ޓްރީޓްމަންޓް ބޭނުންވާ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.  
  7. ދަމަނަވެށިން ބަލިމީހަކު އެހެން ތަނަކަށް ރިފަރކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހަކާއިއެކު އެތަނަށް ދިއުން.      
  8. ގާތުން ކިރުދިނުމާއި ސިއްޙަތަށް ފައިދާހުރި ކާނާއާއި ބެހޭ ގޮތުން އެކި މާބަނޑުމީހުންނަށާއި، ކުޑަކުދިންގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ރާވާ ހިންގުން
  9. ދަމަނަ ވެށީގައިކުރެވޭ އެކިއެކި މަސައްކަތަކާއި ހެލްތް ޕޮރޕމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން
  10. މުޥައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓާ އޮފީސް މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރުން.
  11. ފާހަގަކުރާ މުޙިއްމު އެކި މުނާސަބަތުތަކާއި ގުޅޭގޮތުން ތަން ޒީނަތްތެރި ކުރުމާއި ތަން ތައްޔާރުކުން/ ނުވަތަ އެފަދަ އިވެންޓްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭނުންވާތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  12. ރަސްމީ މަސައްކަތާއި ގުޅޭގޮތުން،ދަމަނަ ވެށި ހިންގެވުމާއި ހަވާލުވެ ހުންނަވާ ބޭފުޅަކު އަންގަވާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް

  1. ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓް އެއްގައި ނާރސިންގް ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން.

ނުވަތަ

  1. ޑިޕްލޮމާ އިން ކޮންވާރޝަން އިން ނާރސިންގް ކޯސް ފުރިހަމަކޮށްފައިވުން.

(އެންރޯލްޑް ނާރސް އެއް ކޮންވާރޝަން އިން ނާރސިންގް ކޯހުގައި ބައިވެރިވުމަށްޓަކައި މަސައްކަތުން ރިލީސް ކުރެވޭނީ މަދުވެގެން 2 އަހަރު އެންރޯލްޑް ނާރސްއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހުގައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2018 އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

11 ޖުލައި 2018
ހޯދާ