މަޤާމުގެ މަސްޢޫލިއްޔަތު:
|
- ކުންފުނި ހިންގުމާގުޅިގެން ބޯޑުން ނިންމާ ނިންމުމާ އެއްގޮތަށް ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅައި ބެލެހެއްޓުން.
- ކުންފުނީގެ ސޭލްސް ބެލެހެއްޓުމާއި ކުންފުނިން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން.
- ވިޔަފާރިއާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަޙުލުވެރިވުމާއެކު ކުންފުނީގެ މަސައްކަތްތައް ރާވާއި، ހިންގުމާއި، ބޯޑުގެ ޖަލްސާތަކަށް ވާންޖެހޭ ތައްޔާރީތައް ވެ، ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި ޖަވާބުދާރީވުން.
- ކުންފުނީގެ ބޯޑާއި މެނެޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ކުންފުނީގެ ޕްލޭންތަކާއި މަޝްރޫޢުތައް އެކުލަވާލައި ތަންފީޒުކޮށް، މޮނިޓަރ ކުރުން.
- ކުންފުނީގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއި ފަސޭހަ، އަދި އަވަސް ގޮތެއްގައި ޚިދުމަތް ލިބިދޭނެ އިންތިޒާމްތަކާއި އުޞޫލުތައް ބޯޑުގެ ލަފާގެ މަތިން ކަނޑައަޅާ ތަޢާރަފްކޮށް، މޮނިޓަރކުރުން.
- ކުންފުނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ކުންފުނީގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒްކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން.
- ކުންފުނީގެ މުދަލާއި ފައިސާ އަދި އެ ނޫން ވަސީލަތްތައް ބޭނުންކުރެވޭނީ ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ އެއްގޮތަށްކަން ކަށަވަރުކޮށް، ކުންފުނީގެ ލިޔެކިއުންތައް ބަލަހަށްޓައި ހިންގުމުގައި ކޯޕަރޭޓް ގަވަރނެންސް ކޯޑާއި އެއްގޮތަށް އެންމެހާ ކަންތައްތައް ދުވަހުން ދުވަހަށް ކުރިއަށް ގެންދިއުން.
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އިރުޝާދާއި އެއްގޮތަށް ކުންފުންޏަށް ބޭނުންވާ ވަޞީލަތްތައް ހޯދައި ތަރަށްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
- ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ކަންކަމުގައި އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނެ ހަރަކާތްތައް ހިންގުން.
|
ސިޓީ ހުށަހަޅަންވީ ތާރީޚް:
|
2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އީމެއިލް އަށް
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ކޮމްޕެނީ ސެކްރެޓަރީ މަޤާމަށް އެދޭކަމުގެ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމަކާއި ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާ އަށް އެދި ފޮނުއްވާ ސިޓީ އެޑްރެސްކުރައްވާނީ ޔުނިވިޔަ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަށެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345145 ނަމްބަރު ފޯނަށެވެ.
|