ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ކޮންޓްރެކްޓް، ޕްރެކްޓިކަމް)

މަޤާމް :ލެކްޗަރަރ (ކޮންޓްރެކްޓް، ޕްރެކްޓިކަމް)
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

01

ދާއިރާ

ޕްރެކްޓިކަމް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިޔުކޭޝަން (ކ.މާލެ)

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ނިޔަލަށް)

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687/50 ރ

ސަރވިސް އެލަވަންސް:

މަހަކު5,437/50 ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓީޗިންގ ޕްރެކްޓިކަމްގެ އެންމެހާ ކަންތައްތައް ރާވާ ހިންގުން.
  • ޓީޗިންގ ޕްރެކްޓިކަމް އާގުޅޭ އިދާރީ އަދި ފައިސާއާގުޅޭ ކަންތައްތަކާއި ފަންނީ ކަންތައްތަކުގައި އެފްއީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ސްކޫލްތަކާއި މުޢާމަލާތް ކުރުން.
  • ޔުނިޓް އައުޓްލައިން ގައި ލިޔެވިފައިވާގޮތަށް ޕްރެކްޓިކަމް ސެމިނަރތަކާއި ، ވޯކްޝޮޕްތައް ހިންގުމާއި ދަރިވަރުންގެ ކިޔަވައިދިނުމުގެ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  • ޕްރެކްޓިކަމް ޔުނިޓް އައުޓްލައިން ރިވައިޒްކޮށް، ކަރިކިއުލަމް ކޮމިޓީއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ފޮނުވައި މުޠާލިއާކުރުން.
  • ޕްރެކްޓިކަމް ހޭންޑްބްކް ތައްޔާރުކޮށް އެމް.އެން.ޔޫ މޫޑްލް ޕޭޖްގެ ޒަރީޢާއިން ދަރިވަރުންނަށް ފޯރުކޮށްދިނުން.
  • ޕްރެކްޓިކަމް ބައްދަލުވުންތައް ކަމާގުޅޭ ބޭފުޅުންނާއެކު ބާއްވާ، ސްކޫލްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • ކޮންމެ ސެމެސްޓަރއެއް ފެށުމުގެ ކުރިން އެ ސެމެސްޓަރއެއްގައި ޕްރެކްޓިކަމް އަށް ދާނެ ދަރިވަރުންގެ ލިސްޓު ތައްޔާރު ކުރުން.
  • މިނިސްޓްރީ އަދި ސްކޫލްތަކާއި ގުޅިގެން ޕްރެކްޓިކަމް އަށް ދަރިވަރުން ސްކޫލްތަކަށް ޢައްޔަންކޮށް، ސްކޫލްތަކަށާއި މިނިސްޓްރީ އަށް ލިސްޓު ފޮނުވުން އަދި ފެކަލްޓީގެ ނޯޓިސް ބޯޑަށް ލުން.
  • ޕްރެކްޓިކަމް ފައިލްތަކާއި އެއާއި ގުޅުންހުރި ޑޮކިއުމެންޓްތައް ތައްޔާރުކޮށް މޫޑުލްއަށް އަޕްލޯޑްކޮށް ދަރިވަރުން އަދި ލެކްޗަރަރއިންނާ ޙިއްސާކުރުން.
  • މެންޓަރިންގެ މަސްޢޫލިއްޔަތު ލެކްޗަރަރ އިންނާއި ޙަވާލުކުރުމަށްފަހު ސްކޫލްތަކަށް ފުރަތަމަ ބައްދަލުވުމަށް ދާންޖެހޭ ތާރީޚްތައް ކަނޑައަޅައި، މެންޓަރ އިންނަށް އެކަން އެންގުން.
  •  އެޗް.އޯ.ޑީ އިންގެ އެހީތެރިކަމާއެކު ސްޕަވައިޒިންގ ލެކްޗަރާއިން ޢައްޔަންކުރުން.
  •  ޕްރެކްޓިކަމް ނަތީޖާ ޝީޓްތައް ތައްޔާރުކޮށް ސެލްފްސަރވިސް އަށް އެޅުން.
  •  ލެކްޗަރަރއެއްގެ ½ ޓީޗިންގ ވާރކްލޯޑް ނެގުން.
  •  މަތީގައި ދެންނެވިފައިވާ ކަންތައްތަކުގެ އިތުރުން ޓީޗިންގ ޕްރެކްޓިކަމް އާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
10 ޖުލައި 2018
ހޯދާ