ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް ބަނދަރު ސަރަހައްދުން ބިން ދޫކުރުން

މިރަށު ބަނދަރު ސަރަހައްދުން، ތެޔޮ ވިއްކުގެ ވިޔަފާރި ކުރުމަށް 2000 ( ދެހާސް ) އަކަފޫޓްގެ 2 ( ދެއެއް ) ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ ބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 19 ޖުލައި 2018ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖުލައި 2018
ހޯދާ