ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓުގެ މަސައްލަތަކާ ގުޅޭގޮތުން ހާޟިރުވާ މީހުން ބައިތިއްބާ ތަނެއް ހެދުން

    ދިވެހިރާއްޖެ.                                ނަންބަރ: (IUL)95-PM/1/2018/10

 

އަންދާސީހިސާބު ހޯދުން

 

 ހައިކޯޓުގެ މަސައްލަތަކާ ގުޅޭގޮތުން ހާޟިރުވާ މީހުން ބައިތިއްބާ ތަނެއް ހެދުން

 

         ހައިކޯޓުގެ ނަންބަރު (IUL)95-PM/1/2018/07 އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ 3 ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ދެވެނަ ފަހަރަށް އިޢުލާން ކުރަމެވެ.      

         ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ. މަޢޫލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

         

25 ޝައްވާލް  1439

09 ޖުލައި    2018

                                 ޚާދިމްކުމް

                                     

                                މުޙައްމަދު ނަޖީބް

                               އ.ޑިރެކްޓަރ

09 ޖުލައި 2018
ހޯދާ