ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި CAPS (ކޯލް އެންޑް ޕިކް-އަޕް ސާރވިސް) ގެ ޚިދުމަތް ފެށުމާއި ގުޅޭ

އިޢުލާން

ނަންބަރ: WAMCO-OPS/IUL/2018/019

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި CAPS  (ކޯލް އެންޑް ޕިކް-އަޕް ސާރވިސް) ގެ ޚިދުމަތް ފެށުމާއި ގުޅޭ

 

              2017 އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އައްޑޫ ސިޓީގެ ކުނި މެނޭޖުކުރުމާއި ހަވާލުވެ، ގޭބިސީތަކާއި، ވިޔަފާރި އަދި އެހެނިހެން މުއައްސަސާ ތަކުން ކުނިއުކާލަދިނުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. މިޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން އުފެދޭ ކުނީގެ އިތުރުން ބޮޑެތި ކުނި ނަގައި ދިނުމުގެ ޚިދުމަތް 2018 ޖުލައި 9 ވަނަދުވަހުން ފެށިގެން ވަނީ ތަޢާރަފް ކުރެވިފައެވެ. މިޚިދުމަތަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހޮޓްލައިން ނަމްބަރު 1666 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

ޚިދުމަތަށް އަގު ނެގުމަށް ހަމަޖެހިފައިވާ ގޮތް

ވެހިކަލް ކެޕޭސިޓީ (ކިލޯ/ޓަން)

ރޭޓް

350 ކިލޯ

-/125 (ސަތޭކަ ފަންސަވީސް ރުފިޔާ)

1.5 ޓަން

-/275 (ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ)

2 ޓަން

-/375 (ތިންސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

4 ޓަން

-/475 (ހަތަރުސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

                        ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

25 ޝައްވާލް 1439

09 ޖުލައި 2018

09 ޖުލައި 2018
ހޯދާ