ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2018/47
|
ތާރީޚް: 09 ޖުލައި 2018
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
ރޭންކް: ޖީ.އެސް 4
|
ޢަދަދު
|
01
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
ސެކްޝަން: އިންފްރާ ސްޓްރަކްޗަރ މެނޭޖްމަންޓް
|
އަސާސީ މުސާރަ
|
-/5,020 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %50 (-/2,510)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއިއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައި ވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއި އެކު GS3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަގާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު، GS3 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީދާއިރާއިން އަލަށް ހިންގާ ޕްރޮޖެކްތަކުގެ މަސައްކަތް ޕްރޮޖެކްޓް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ރިޒަލްޓްސް ފްރޭމްވާރކްގައި ބަޔާންކޮށްފައިވާ ވާރކްޕްލޭނާއި އެއްގޮތަށް ކުރިއަށް ދޭތޯ ޤަވާޢިދުން މޮނިޓަރކޮށް ސެކްޝަން ހެޑަށް ރިޕޯޓްކުރަމުން ދިއުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތައް މަރާމާތުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ޤަވާޢިދުން މޮނިޓަރކޮށް ބެލެހެއްޓުން.
- ސެކްޝަނުން ކުރިއަށް އޮންނަ އަހަރަށް ހިންގަން ރާވާ ޕްރޮޖެކްޓްތަކުގެ ޕްލޭން ތައްޔާރުކޮށް، ބަޖެޓް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ކަމާގުޅޭ ސެކްޝަނަށް ފޮނުވުން.
- ޕްރޮޖެކްޓްތަކުގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުން.
- ބިޑް ކޮމެޓީން ނިންމާ ކަންތައްތަކުގެ ތެރެއިން ސެކްޝަނާ ގުޅުންހުރި ކަންތައްތަކަށް ފިޔަވަޅު އެޅުން.
- ސެކްޝަނަށް އަންނަ އެންމެހާ ލިޔުންތަކަށް ޖަވާބު ދިނުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަން ބޭނުންވާ އޮފީހުގެ އެހެން މަސައްކަތްތަކުގައި އެހީތެރިވުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 30 ޕަސެންޓު
- މަސައްކަތުގެ ތަޖްރިބާ: 10 ޕަސެންޓު
- މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓު
- އިންޓަރވިއު: 50 ޕަސެންޓު
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
- ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|