އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާގެ ލައިޓް، ސައުންޑް އަދި ޕްރޮޖެކްޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް

 

އިނާމު ދިނުމުގެ ޖަލްސާގެ ލައިޓް، ސައުންޑް އަދި ޕްރޮޖެކްޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް

             މި ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގެ ލައިޓް،ސައުންޑް އަދި ޕްރޮޖެކްޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

             ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 ޖުލައި 2018 (އަންގާރަ) ދުވަހުގެ 11.00 އަށް

22 ޖުލައި 2018(އާދީއްތަ) ދުވަހުގެ 11:00 އަށް

              އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 3325762  ނަންބަރު ފޯނާއެވެ.

25 ޝައްވާލް 1439

09 ޖުލައި 2018
ހޯދާ