މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުން

                  މިރަށުގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ފާޚާނާ ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ދަށުން ބަހައްޓަންޖެހޭ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް (އެސް.ޓީ.ޕީ) އާއި ޕަންޕު ސްޓޭޝަންތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ބިންތަކުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު ވަރަށް އަވަހަށް މި ކައުންސިލުން ހޯދަން ބޭނުންވެއެވެ.

                  ވީމާ، ތިރީގައި މިދަންނަވާ ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީސްމިހުންގެ ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތުދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުކުގައި ޖަހާފައިވާ ނަންބަރު) އިނގޭނޭހެން މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.

  • ބަނދަރުގެ އުތުރުން (މިހާރު ކުނިއަޅާ ސަރަޙައްދުގެ އިރުމަތީގައި) ރީނދޫ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަސް.
  • ލައިޓްގުރޭ ގޭގެ ހުޅަނގުން ރީނދޫ ދަވާދުން ފާހަގަކުރެވިފައިވާ ރުއްގަސް.
  • އައު މިސްކިތް (މަސްޖިދުލް ޖުމްޢަ) ހުޅަނގު ދެކުނުން ރީނދޫ ދަވާދުން ފާހަގަކޮއްފައިވާ ރުއްގަސް.
  • ބޮޑުތަކުރުފާނު މަގުގެ އިރުމަތިން ހެމްލެޓް ގޭގެ އިރު އުތުރު ކަންމަތީގައި ރީނދޫ ދަވާދުން ފާހަގަކޮށްފައިވާ ރުއްގަސް.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

08 ޖުލައި 2018
ހޯދާ