ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިޔުޒިކް ކޮމްޕޯސަރ

މަޤާމް :މިޔުޒިކް ކޮމްޕޯސަރ
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

މިޔުޒިކް ކޮމްޕޯސަރ

އަސާސީ މުސާރަ

މަހަކު -/7500 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 4

ބޭނުންވާ ޢަދަދު

03

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕީ.އެސް.އެމް މިޔުޒިކް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕީ.އެސް.އެމް ގެ ޗެނަލް ތަކަށް ބޭނުންވާ މިޔުޒިކްގެ މަސައްކަތް ކުރުން.
  • ޕީ.އެސް.އެމްގެ ޗެނަލް ތަކުން އެއަރ ކުރާ ޕްރޮގްރާމް، ޑޮކިއުމެންޓަރީ ތަކުގެ ބެކް މިޔުޒިކްގެ މަސައްކަތް ކުރުން.
  • އެކި މުނާސަބާ އަށް ބޭނުންވާ އޯޑިއޯ ލަވަ، ޖިންގަލް، ސްޕޮޓް، އިސްތިހާރު / ރާގު / މޮންތާޖް / ރިޕޯޓް / ޕްރެސެންޓޭޝަން ތަކަށް ބޭނުންވާ އޯޑިއޯ (އޯޑިއޯގެ ހުރިހާ މަސައްކަތެއް) ރެކޯޑްކުރުމުގެ މަސައްކަތް
  • އޯޑިއޯ އާކައިވް ކުރުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޕްރޮޑަކްޝަން މިޔުޒިކް ކޮމްޕޯސް ކުރަން އެނގުން ( ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުން ކޮށްގެން)
  • މިޔުޒިކާ އެކު ލަވަ ރެކޯޑް ކޮށް އޯޑިއޯ ބެލެންސް ކޮށް ފައިނަލް މިކްސިންގ ހަދަން އެނގުން.
  • ގިނަ އިންސްޓްރުމަންޓް ކުޅެން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        21 ޝައްވާލު 1439

05 ޖުލައި 2018
ހޯދާ