މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސިއްޙީ ޚިދުމަތް ދޭ ތަނެއްގެ ތެރޭގައި ހިންގާ ފާމަސީ ތަކުގެ ތެރެއިން ތަޅުމުގައި 75 (ހަތްދިހަ ފަހެއް) އަކަފޫޓް ހަމަނުވާ، ތަންނަނާއި ބެހޭ

އިޢުލާން

                    

               މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)182-MTG/2017/08 (21 މެއި 2017) އާއި ހަވާލާދީ ދަންނަވަނެވެ.

              ސިއްޙީ ޚިދުމަތް ދޭ ތަނެއްގެ ތެރޭގައި ހިންގާ ފާމަސީ ތަކުގެ ތެރެއިން ތަޅުމުގައި 75 (ހަތްދިހަ ފަހެއް) އަކަފޫޓް ހަމަނުވާ، ފާމަސީ ތަކަށް ގާނޫނީ ލަފާގެ މަތިން ވަނީ 01 އަހަރުގެ ވަގުތީ ހުއްދަ އެއް ދޫކޮށްފައެވެ. ނަމަވެސް އެގޮތުން ހުއްދަ ދޫކުރެވިފައިވާ ފާމަސީ ތަކުގެ ލައިސަންސްގެ މުއްދަތު ހަމަވީއިރުވެސް ފާމަސީ ހިންގާ އިމާރާތް އިތުރަށް ބޮޑުކުރުން ދަތިކަމުގެ ގިނަ ޝަކުވާތައް ދަނީ ލިބެމުންނެވެ.

             ވީމާ ވަގުތީ ހުއްދަ ދޫކޮށްފައިވާ ފާމަސީތަކުން މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މިހާރު މުއްދަތު ހަމަވެފައިވާ ފާމަސީ ހުރިނަމަ މިއަދުން )01 ޖުލައި 2018( ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ގަވާއިދުން ހުއްދަ އާކުރުމަށް ހުށަހެޅުއްވުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

    

                                              21 ޝައްވާލް 1439                                                     

05 ޖުލައި 2018
ހޯދާ