ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/112
އިޢުލާން
އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ނަރުދަމާ ނިޒާމުން ގޭގެޔަށް ގުޅަންޖެހޭ ގްރެވިޓީ ހޮޅިތައް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ސ. ހިތަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކިޔުމް ނަރުދަމާ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި މަގުތަކުގައި ވަޅުލެވިފައިވާ އިންޓަރފޭސް ޔުނިޓްތަކަށް ގުޅަންޖެހޭ ގްރެވިޓީ ހޮޅިތައް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވިފައިވާ ނަންބަރ FNK-I/IUL/2018/077 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި ޢިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 09 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖުލައި 12 ވާ ބްރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
20 ޝައްވާލު 1439