އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 
 
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
އޮފީސް/އިދާރާ: އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންތަރ
ސެކްޝަން: އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ
ވަޒީފާ އަދާކުރަންޖެހޭ ތަން: އދ. ފެންފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 2000.00ރުފިޔާ
ސަރވިސް އެލަވަންސް: 1000.00ރުފިޔާ
ޙާޟިރީ އެލަވަންސް: 50.00ރުފިޔާ (ހާޟިރުވާ ދުވަސްތަކަށް ބަންދު ދުވަސްތައް ހިމަނައިގެން)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުތުތައް: 1- ގްރޭޑް 10 ނިންމާފައިވުމާއެކު މިވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން
މަޤާމްގެ މަޞްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކުނި ނައްތާލުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ އެންމެހާ ލިޔެކިޔުމުގެ ކަންކަން ބެލެހެއްޓުން

2- ކުނީފީ، ޕިކަޕްފީ، ކާދު، ކާށި، ކުރުނބާ ފަދަ އެންމެހާތަކެތީގެ ހިސާބުތައް ބެލެހެއްޓުން

3- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

4- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު މުވައްޒަފުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުން

5- އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ސްޓޮކްބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާތަކެތި ހޯދުން

6- ކޮންމެ ބްރާސްފަތިދުވަހަކު އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަ މުވައްޒަފުންގެ ހާޟިރީ ރިޕޯޓް ކައުންސިލަށް ހުށަހެޅުން

7- ކުނި ނައްތާލުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ސްޕަވައިޒަރަށް އަންގަންޖެހޭ އެންމެހާ އެންގުންތައް އެންގުން

8- މީގެ އިތުރުންވެސް ވަޒީފާގެ މަޞްއޫލިއްޔަތާގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުން 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް ތައް:

1- ތައުލީމާއި ތަމްރީން (މިބަޔަށް %30 މާކްސް ދެވޭނެއެވެ.)

2- މަސައްކަތު ތަޖުރިބާ (މިބަޔަށް މާކްސް ދެވޭނެއެވެ.)

3- ލިބިފައިވާ ހުނަރު/އިންޓަވިއު (މިބަޔަށް %60 މާކްސް ދެވޭނެއެވެ.)

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: އިންޓަވިއު އޮންނާނެ ތަނާއި ވަގުތު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން އަންގާނެއެވެ. 
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މިވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2018 ވާ އާދީއްތަދުވަހު 13:30 ގެ ކުރިން ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. 
އުޖޫރައާއި އިނާޔަތްތައް: މިމަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެހެނިހެން އެލަވަންސްތަކުގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލަކުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ އދ. ފެންފުށީ ކައުންސިލްގެ އިދާރާއިންނެވެ.)

2- ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތައުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ދިވެހިރާއްޖޭގެ ތައުލީމްދޭ މަރުކަޒަކުން ފުރުހަމަކޮށްފައިވާ ކޯހެއް ނަމަ ކޯހުގެ ސެޓްފިކެޓް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން، ދިވެހިރާއްޖެއިން ބޭރުގެ ތައުލީމްދޭ މަރުކަޒަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ކޯހުގެ ސެޓްފިކެޓް) 

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީ އެއް

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސްކުރައްވާނީ 6680889 އަށެވެ. އަދި އީ މެއިލް ކުރައްވާނީ [email protected] އަށެވެ. 
 
 
 
 
 

 

03 ޖުލައި 2018
ހޯދާ