ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 ( އެކެއް )

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ އަސާސީ މުސާރަ:

-/4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް / ޝަރީޢަތް ކުރުމާއި ބެހޭ ބައި

އެލަވަންސްތަކާއި އިނާޔަތްތައް:

  • ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
  • ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 ( މަހަކު )
  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ
  2. މަސައްކަތުގެ ފެންވަރު  ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއެކު ޖީ.އެސް.2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ޤަވާޢިދާއި އެއްގޮތަށް ފައިލްކޮށް މެޖިސްޓްރޭޓްގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ޝެޑިއުލް ކުރުމަށްފަހު ދުވަހުން ދުވަހަށް މެޖިސްޓްރޭޓަށް ޝެޑިއުލް ފޮނުވުން.
  • ޝަރީޢަތާއި ގުޅިގެން ލިޔަންޖެހޭ އެންމެހާ ލިއުންތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތީން ލިއުމާއި އެލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދިއުމާޢި އަދި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުން
  • ކޯޓުން ނިންމޭ މައްސަލަ ތަކުގެ ޚުލާސާ ރިޕޯޓް ލިޔެ ސޮއި ކުރުވުމަށްފަހު ޚަސްމުންނާއި ދުވަހުން ދުވަހަށް ހަވާލުކުރުން
  • ކޯޓުން ނިންމޭ މައްސަލަތަކާއި ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ދަރަންޏާއި ޚަރަދުގެ ރަސީދާއި އަދި މިނޫނަސް މިފަދަ އެހެނިހެން ލިއުންތައް ޤަވާޢިދާޢި އެއްގޮތްވާގޮތުގެމަތީން ލިޔެ ބެލެހެއްޓުމާއި އަދި އެފަދައެންމެހާ ލިޔުންތައް ކަމާބެހޭފަރާތްތަކަށް ޙަވާލުކުރުން.
  • ޖިނާއީ ކުށުގެ މައްސަލަތަކާއި ގުޅޭގޮތުން ފުރިހަކުރަންޖެހޭ "ޙުކުމްތަންފީޛު ކުރުމުގެ ޗިޓާއި"  ޖުރުމާނާގެ  ޗިޓް ފުރިހަމަކޮށް އޭގެރިކޯޑް ތައް ބެލެހެއްޓުމާއި އަދި ކުށުގެ ރިކޯޑަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް އެ މައްސަލަ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި ރިކޯޑްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ޝަރީޢަތާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުމަށް ފޮނުވަންޖެހޭ ސިޓީ އާއި މެސެޖް ލިޔެ ފޮނުވާ އެފަދަ މަޢުލޫމާތުތައް އަވަހަށް ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ތަފާސް ހިސާބު ތައްޔާރުކުރުމަށްޓަކާ ބޭނުންވާ މަޢުލޫމާތު ކޮންމެ މީލާދީ މަހެއްގެ 3 ވަނަ ދުވަހުގެ ކުރީން އިދާރީ ސެކްޝަނަށް ފޮނުވުމާޢި އަދި ހަފްތާއަކު އެއްފަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވަންޖެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ އުޞޫލާޢި އެއްގޮތަށް ފޮނުވަމުން ގެންދިއުމާއި އޭގެ ރިކޯޑު ބެލެހެއްޓުން.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ މީސްމީހުންނަށް "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ލިޔެތައްޔާރުކޮށް ފޮނުވުމާއި އަދި މޯލްޑިވްސް ޕޮލިސްސާރވިސް މެދުވެރިކޮށްގެން ޙާޟިރުކުރަންޖެހޭ މީސްމީހުން ޙާޟިރުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ކޯޓް އަމުރު ތައްޔާރުކޮށް  މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވުން.
  • ޝަރީޢަތެއް ނިމިގެން ރިޕޯޓްލިޔެ ސޮއިކުރެއްވުމުން ލަސްނުވެ ޢަރުޝީފަށް ފޮނުވުން.
  • ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
  • ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުމާއެކު، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ޙާލަތު ނިޔާކުރާގޮތުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމް ( މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. )
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި ، ޓްރާންސްކްރިޕްޓްގެ ކޮޕީ ( ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓް ތަކުން ޙާޞިލް ކޮށްފައިވާ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރަންވާނެއެވެ. )
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  • އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި މަޤާމުގައިވާ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  • ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އިޢްލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.
  • ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އެގޭ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަން ވާނެއެވެ.

ސުންގަޑި:

10 ޖުލައި 2018 ގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.
  • މި މަޤާމަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.
  • ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 20 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • މަޤާމުގެ މަސައްކަތުގެ ހުނަރާއި ޤާބިލްކަން ކަށަވަރުކުރުމުގެ ގޮތުން އަމަލީ މަސައްކަތުގެ ޓެސްޓެއް ދެވޭނެއެވެ.
01 ޖުލައި 2018
ހޯދާ