މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ބައެއް ސާމާނު ގަންނަން

އިޢުލާން

 

 

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2018/16 އިޢުލާންނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޝައްވާލު  1439

03 ޖުލައި    2018

 

 

 

މިއޮފީހުގެ ނަންބަރު (IUL)14-PR/1/2018/19 އިޢުލާނާއި ގުޅިގެންކޮމްޕިއުޓަރާއި ގުޅޭ ބައެއް ތަކެތި ހޯދުމަށް ތައްޔާރުކުރެވިފައިވާ  މަޢުލޫމާތު ކަރުދާސް

 

  1. 1.     ގަންނަންބޭނުންވާތަކެތީގެ ތަފްސީލް

 

#

SKU

Description

Quantity

Computer Systems

1

Computer Systems

1.1

Brand

  • Must be a Generic Brand
  • Example: Acer, Dell, HP, IBM, etc

20 Nos

1.2

Model

  • Must be Business / Work / Enterprise Series
  • Example: Dell -> OptiPlex; Acer -> Veriton; etc

1.3

Processor

  • Minimum Intel Core i5

1.4

Memory

  • Memory 8GB (1 x 8GB Single Piece)

1.5

Hard Disk

  • SSD 512GB

1.6

DVD Drive

  • DVD RW Drive

1.7

Card Reader

  • All in One Card Reader
  • Must Support XD Card, CF Card, SD Card, MMC, Memory Stick

1.8

Graphics

  • Integrated HD Graphics

1.9

Audio

  • Integrated HD Audio

1.10

Network

  • Integrated Gigabit Ethernet Connection

1.11

PCI Slots

  • PCI Express Slot to install additional Graphics Card

1.12

USB

  • USB 3.0 ports

1.13

Mouse / Mouse Pad

  • Wired Mouse
  • Soft Mouse Pad

1.14

 Keyboard

  • Wired Keyboard

1.15

Monitor

  • Minimum 24” Monitor with 1 x DVI port, 1 x VGA port.

 

Windows 10

  • Genuine Windows 10 professional  license

1.16

Warranty

  • Minimum 3-Year 24 x 7 Next BusinessDay Advanced Exchange / Replacement and On-site Coverage

 

  1. 2.     ސަމާލުކަންދޭންވީ ކަންތައްތައް

2.1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

2.2. ޔުނިޓް ޕްރައިސްއަށް ޖީ.އެސް.ޓީ އިތުރު ކުރެވޭނީ އެއިރެއްގެ ޖީ.އެސް.ޓީ ރޭޓެވެ.

2.3. ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.

2.4. އަންދާސީހިސާބަށް މަދުވެގެން 90 ދުވަހުގެ ވެލިޑިޓީއެއް ދޭންވާނެއެވެ.

2.5. ކަސްޓަމްސްގެ ބަޖެޓަށް ފެއްތުމަށްޓަކައި އަންދާސީ ހިސާބުތަކުގެ އަގަށް ބަލައި، އެވޯޑު ކުރުމުގައި އުނި ކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

2.6. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބިގެން މަސައްކަތް ހަވާލުވާ ފަރާތުން އެއްވެސް ސަބަބަކާއި ހުރެ މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، ޖެހިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތަށް މަސައްކަތް ހަވާލުކުރުމުގެ އިޙްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.

2.7. މަސައްކަތް ނިންމުމަށް އެއްބަސްވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ، ލަސްވާ ކޮންމެ ދުވަހަކަށް، ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ކުރެވޭނީ އެއްބަސްވުމުގެ ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ހަމަވަންދެންނެވެ. އެއްވެސް ހާލަތެއްގައި މުޅި އެއްބަސްވުމުގެ އަގުގެ އަށްވުރެ ލިކުއިޑޭޓް ޑެމޭޖަސް އިތުރުވެއްޖެނަމަ އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ނުކުރެވި އޮތްބައި މަސައްކަތް ހަވާލުވި ފަރާތުގެ އަތުން ވަކިކުރެވިދާނެއެވެ.

ޖޫރިމަނާ ހިސާބު ކުރެވޭނީ:

CP*0.005*LD

CP (ކޮންޓްރެކްޓް ޕްރައިޒް): ކޮންޓްރެކްޓުގެ ޖުމްލަ އަގު

LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް

2.8.  ކަސްޓަމްސްގެ އަންދާސީ ހިސާބުބަލާ ކޮމިޓީއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމަށްފަހު، ބިޑްކާމިޔާބުވި ފަރާތުން އެއްވެސް ސަބަބަކާއިހުރެ މަސައްކަތްކުރުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ އެއްއަހަރު ވުމަށްފަހުގައެވެ.

2.9. މަސައްކަތް ނިންމަންޖެހޭ  މުއްދަތު މިއޮފީހުން ގުނާނީ ހުކުރު ދުވަސްތައް ނުހިމަނައެވެ.

 

  1. 3.     އަންދާސީހިސާބު ހުށަހެޅުން:

3.1.  އަންދާސީ ހިސާބު ހުށަހަޅުއްވާނީ  12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

3.2.  އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

3.3.  އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

3.4.  އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭ ކުންފުންޏެއް/އަމިއްލަ ފަރުދެއްނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.

 

  1. 4.              ހުށަހަޅަންޖެހޭ ތަކެތި

4.1. ކުންފުނީގެ ޕްރޮފައިލް.

4.2. ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

4.3. އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4.4. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ، ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.

4.5. އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.

4.6. އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.

ޕޮއިންޓް ދެވޭނު އުސޫލުތައް

 

  • ހުށަހަޅާ އަގަށް

80 މާކްސް

  • ޑެލިވަރީ ކުރެވޭނެ މުއްދަތަށް

20 މާކްސް

    ޖުމްލަ

100 މާކްސް

 

 

 

03 ޖުލައި 2018

 

03 ޖުލައި 2018
ހޯދާ