ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"18 ވަނަ އޭސިއަން އާރޓް ބިއެނަލް ބަގްލަދޭޝް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

"18 ވަނަ އޭސިއަން އާރޓް ބިއެނަލް ބަގްލަދޭޝް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު

 

މި ސެންޓަރުގެ ނަންބަރު (IUL)177/1/2018/28  (20 މޭ 2018 ) ގައި ކޮށްފައިވާ އިއުލާންގައިވާ "18 ވަނަ އޭސިއަން އާރޓް ބިއެނަލް ބަގްލަދޭޝް 2018" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

 އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބުލިކް އޮފް ބަގްލަދޭޝްއިން އިންތިޒާމް ކުރައްވައިގެން 2018 ސެޕްޓެމްބަރ 1 ން 30 ށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "18 ވަނަ އޭސިއަން އާރޓް ބިއެނަލް ބަގްލަދޭޝް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ 15 ޖުލައި 2018 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެގޮތުން މިއެގްޒިބިޝަންގައި ރާއްޖެއިން 4 އާޓިސްޓުން ބައިވެރިވާން ފުރުސަތުވަނީ ލިބިފައެވެ. މިބޭފުޅުންގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، ވިސާ އަދި އެހެނިހެން ޙަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިއެގްޒިބިޝަންގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 10 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިއެގްޒިބިޝަންގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

02 ޖުލައި 2018
ހޯދާ