ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (ޕްރީސްކޫލް)

އިޢުލާނު

 

 

މަޤާމް: ޓީޗަރ  (ޕްރީސްކޫލް)

 

މަޤާމުގެ ނަންބަރު: -

 

ބޭނުންވާ އަދަދު: 01

 

މަޤާމުގެ ގިންތި: ދާއިމީ

 

މަޤާމުގެ ރޭންކް: ސީ.އެސް 11-2 އިން ސީ.އެސް 15-5 

 

މަޤާމުގެ ކްލެސިފިކޭޝަން: ސްކޫލް ޓީޗަރ

 

ސެކްޝަން: އެކަޑެމިކް

 

މަޤާމް އޮތް އޮފީސް: ހުޅުދޫ ސްކޫލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން: ހުޅުދޫ ސްކޫލް، ސ. ހުޅުދޫ

 

މުސާރަ: 7070.00ރުފިޔާ – 10640.00 ރުފިޔާ އާއި ދެމެދު 

 

 ސަރވިސް އެލެވަންސް: 2500.00ރުފިޔާ (މަހަކު)

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް

 

 

 

ސަނަދު

މުސާރައިގެ އިންސައްތަ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް އޮތުން

15%

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން 

2-  ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން 

3-  ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން 

4-  ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން 

5-  ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން 

6-  ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން 

7-  ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން 

8-  ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން 

9-  ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން 

10-  ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން 

11-  ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން. 

12-  ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު  އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. 

13-  ރިލީފް ގަޑި ނެގުން 

14-  ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން 

15-  ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން 

16-  ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން 

17-  މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން 

18-  ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން 

19-  ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑި ނެގުން .

 

 

 

 

މަޤާމުގެ ޝަރުތުތައް:

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން.

-          ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން  ޓީޗަރުންގެ ޝަރުޠު ފުރިހަމަވުނ

-          ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

9,910.00

2,500.00

ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-          ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން  ޓީޗަރުންގެ ޝަރުޠު ފުރިހަމަވުނ

-          ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން،

- ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

-ޕްރީ ސްކޫލް  ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-          ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން  ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

-          ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

7,070.00

2,500.00

 

ޕްރީ ސްކޫލް ޓީޗަރުން:

ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި ހަމަޖައްސާނީ އަންނަނިވި ޝަރުތުތައް ހަމަވާނަމައެވެ.

  1. ޕްރީ ސްކޫލަށް ޙާއްސަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ؛ (މި ޝަރުތުން ހަމަޖެއްސޭނީ CS11 އަދި CS13 ގެ މަޤާމުތަކަށެވެ.)
  2. ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުތު ފުރިހަމަވެފައިވުމާއެކު، ތިރީގައިވާ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވެފައިވުން:

-          ޕްރީސްކޫލް ރޮގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ޕްރީ ސްކޫލް ރޮގުން ނުވަތަ އާރލީޗައިލްޑްހުޑް ކެއަރގެ ރޮގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ޕްރީ ސްކޫލް މަރުހަލާއަށް 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން 85% އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

 

 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހުޅުދޫ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ހުޅުދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  admin@[email protected] އެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ.އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޖުލައި 2018 ގައި، ހުޅުދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

 

 

މަޤާމު

ޖުމްލަ އިންސައްތަ

CS9-2 އިން CS11-2

30

CS13-2

35

CS15-2

45

  

 

 

 

         

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894068 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

02 ޖުލައި 2018
ހޯދާ