މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރިންގް ރޯޑް ހެދުމަށް މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުން ނަގާލެވިފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުން

މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުގެ އަތިރި އާއިވީފަޅިން ދިގުވާނޑު ފްލެޓް އަޅާފައިވާ ސަރަހައްދާއި ދިމާލުން ނަގާލެވުނު 12 ދިވެހި ރުއް ވަނީ އެސަރަޙައްދުގައި ބެހެއްޓިފައެވެ. މިރުއްތަކުގައި ވާނީ ނަމްބަރ 56 އިން 67 އާއި ހަމަޔަށް ނަންބަރު ޖަހާފައެވެ.

  ވީމާ، މިރުއްތަކުގެ ވެރިފަރާތުން 09 ޖުލައި 2018ވާ ހޯމަ ދުވަހު 14:00 ގެ ކުރިން އެރުއްތަކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް/ އުތުރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

02 ޖުލައި 2018
ހޯދާ