ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރއިން ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ސެންޓަރ ފޮރ ފައުންޑޭޝަން ސްޓާޑީޒް
ދިވެހިރާއްޖެ

                                                             ނަންބަރު: MNU-CA/CFS/2018-8  

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

 

މިޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަރޑީޒްއިން ހިންގާ ފައުންޑޭޝަން ކޯސްތަކަށް، އިންގްލިޝް ލެންގުއޭޖް، ދިވެހި، މެތެމެޓިކްސް، ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިކޮނޮމިކްސ، އެކައުންޓިންގ، ބިޒްނަސް ސްޓަރޑީޒް، ކޮމްޕިޔުޓިންގ އަދި ސޯޝިއަލް ސައިންސް މި މާއްދާތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުންގެ ޕޫލެއް އުފައްދަން މި ސެންޓަރުން ބޭނުންވެއެވެ. މި ޕޫލުގެ މުއްދަތަކީ 2 ޓާމެވެ. އެއީ ޖުލައި 2018 ން ޖޫން 2019 ގެ ނިޔަލަށެވެ.

ބޭނުންވާ ޢަދަދު: މާއްދާއަކަށް 2-6

ޝަރުޠު: ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

 

އުޖޫރަ:  - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

        - މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

 

ވީމާ، މި މާއްދާތައް ކިޔަވައި ދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2018 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން، މި ސެންޓަރަށް ނުވަތަ މި ސެންޓަރުގެ އީމެއިލް  [email protected] އަށް މިކަމަށް އެދި ހުށަހަޅަންޖެހޭ ސިޓީއާއި ލިޔުންތައް ފޮނުއްވައިދެއްވުން އެދެމެވެ. އަދި  ސެންޓަރފޮރ ފައުންޑޭޝަން ސްޓަރޑީޒްގައި މިއަހަރު ގެ ފުރަތަމަ ޓާމްގައި ކިޔަވާދެއްވި ލެކްޗަރަރއިން 2 ވަނަ ޓާމްގައި ކިޔަވައިދެއްވަން ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ ސިޓީއަކުން އެންގެވުން އެދެމެވެ.

 

ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

  1. ޕާޓްޓައިމް ލެކްޗަރަރ ކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345141 ނުވަތަ 3345142 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ސެންޓަރުގެ ފަރާތުން އެދޭ އެދުމެކެވެ.

02 ޖުލައި 2018
ހޯދާ