މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި، ތެޔޮޓޭންކާއި، ކަޅުހަން ވިއްކުން

 އިޢުލާން

ނަންބަރު: (IUL) 282/282/2018/15)

 

  ށ. މާއުނގޫދޫ ބަދަނރު ސަރަޙައްދުގައި ހުރި ކަޅުހަންތަކާއި، ރައްޔިތުންގެ ތެޔޮޓޭންކް ސިޓީލައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

  ނީލަން ކިޔޭ ތަކެތީގެ ތަފްސީލާއި، ފެށޭ އަގުތައް ތިރީގައި އެވަނީއެވެ.

ތަފްސީލް

ނީލަން ފެށޭ އަގު

ފަހަރަކު އިތުރުކުރެވޭ އަގު

ތެޔޮޓޭންކް (30000ލ)

100000.00 (އެއްލައްކަ ރުފިޔާ)

1000.00 (އެއްހާސް ރުފިޔާ)

ކަޅުހަން (2500ލ)

3000 (ތިންހާސް ރުފިޔާ)

500 (ފަސްސަތޭކަ ރުފިޔާ)

 
ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން މިކައުންސިލަށް ގުޅުއްވާ
މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު
03 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ. ހުށަހެޅޭ އަގުތަކުގެ ތެރެއިން
އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ
ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 11
ޖުލައި 2018 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ. ނީލަން ނިމޭއިރު ހުށައަޅުއްވާފައިވާ އެންމެ މަތީ އަގުތަކަށް ނީލަން ނިންމާލެވޭނެއެވެ.
އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތުން 10 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ
މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ.  އަދި މިކަމާ ބެހޭ ގޮތުން
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6540056 ފޯނަށް ގުޅުއްވުން އެދެމެވެ.

  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ

02 ޖުލައި 2018
ހޯދާ