މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާގެ ފުރުޞަތު

ސިފައިންގެ ވަޒީފާގެ ފުރުޞަތު

ދާއިރާތައް:

  • މެރިންކޯރ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
  • ސަޕޯޓް ސަރވިސް

ފެންވަރު ނުވަތަ ޝަރުތު:

 

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.

ފޯމްދޫކުރުމާއި ބަލައިގަތުން:

  • ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 2 ވާ ހޯމަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށް.
  • ވަޒީފާއަށް އެދޭފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 10 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 31 ޖުލައި 2018 އެވެ.
  • ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެރެކޯޑް ބަލާފޯމް ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމް ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑްފޯމް ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ހުށައަޅުއްވާއިރު، މި މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ޙާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ވާނެއެވެ.
  • އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 18 ޝައްވާލް 1439

02 ޖުލައި 2018
ހޯދާ