މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގގެ އުސޫލު އެކުލަވާލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މި އޮތޯރިޓީގެ ނަންބަރު  (IUL)151-CSS/1/2018/2(20 ޖޫން 2018) އިއުލާނުގެ މުއްދަތު 30 ޖޫން 2018 އަށް ހަމަވެފައި ވާތީ 15 ޖުލައި 2018 ގެ ނިޔަލަށް އިތުރުކޮށް އިއުލާނު ކުރީމެވެ. 

ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ (އެނަރޖީ އެފިޝަންޓް) ތަކެތި ފާހަގަކުރުމަށް "އެނަރޖީ އެފިޝެންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގ" ޕްރޮގްރާމެއް ތައާރަފްކުރުމަށް މިއޮތޯރިޓީން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ ކަރަންޓު ސާމާނު ގަންނައިރު އެތަކެތި ބޭނުންކުރުމުގައި ހޭދަވާނެ ކަރަންޓުގެ މިންވަރު ދެނެގަނެ، ސަމަކާރަ ތަކެތި ޚިޔާރުކުރުމަށް މަގުފަހިކުރުމެވެ. މި ޕްރޮގްރާމްގައި ފުރަތަމަ އިސްކަންދޭނީ އެއަރ ކޮންޑިޝަނަރ، ރެފްރިޖިރޭޓަރ (އައިސް އަލަމާރި) އަދި ދޮންނަމެޝިނަށެވެ.

މިޕްރޮގްރާމް އެކުލަވާލުމަށް ރާއްޖެއަށް މިފަދަ ތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވެއެވެ. އެހެންކަމުން ގޭތޭރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އޮގަސްޓް 2018 ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިމާ، މި މަޝްވަރާބައްދަލުވުމުގައި ބައިވެރިވުމަށް 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ފޯމު ފުރުއްވުން އެދެމެވެ.

ފޯމުގެ ލިންކް: http://bit.do/enoXL

ނޯޓް: މި ބައްދަލުވުމުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ މި ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކެވެ.  


 


 

 

 

02 ޖުލައި 2018
ހޯދާ