މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

 މެރިން ރިސާރޗް ސެންޓަރުގެ ފަރާތުން ފަރުމިޔަރާ ބެހޭ ސާރވޭތަކެއް ބ. އަތޮޅާއި، ނ.އަތޮޅުގައި ކުރުމަށްޓަކައި ތިރީގައި ހިމެނިފައިވާ މައުލޫމާތާ އެއްގޮތަށް ސަފާރީއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

 މި ސާރވޭ ކުރުމަށް ރޭވިފައިވަނީ 15 ޖުލައިގައެވެ. ދަތުރުގެ މުއްދަތަކީ މުޅިއެކު 10 ދުވަހެވެ. އެއީ ބ. އަތޮޅަށް ދަތުރުކުރުމާއި، ބ.އަތޮޅުގައި ސާރވޭ ނިންމުމަށްފަހު، ނ. އަތޮޅަށް ދަތުރުކުރުމާއި އަދި ނ. އަތޮޅުން މާލެއަށް އެނބުރި އައުން.

  • ސަފާރީގައި 04 މުވައްޒަފުންގެ ހުރުމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސައި ދޭންވާނެއެވެ.
  • މިމަސައްކަތް ކުރުމަށް ބޭނުންވާނޭ އެން، ގަނޑުކޮށް ރައްކާ ކުރުމަށްޓަކައި ސަފާރީގެ ފަރާތުން ކުޑަ ޑީޕް ފްރީޒަރެއް ހަމަޖައްސައި ދޭންވާނެއެވެ. އަދި މީގެ އިތުރުން ސެންޓަރުގެ ކުޑަ ޑީޕް ފްރީޒަރެއް ("8×'1) ސަފާރީގައި ބެހެއްޓުމުގެ ހުއްދަ ދޭންވާނެއެވެ.
  • މި ސާރވޭތައް ކުރުމަށްޓަކައި އަތޮޅު ތެރެއިން ގާތްގަނޑަކަށް 10-20 ކިލޯމީޓަރުގެ ސަރަހައްދެއް ހޮވައި އެސަރަހައްދު ތެރެއިން ސައިޓްތަކެއް ހޮވޭނެއެވެ. އެހެންކަމުން ހޮވޭ ސަރަހައްދު ތެރެއިން އެއް ސައިޓުން އަނެއް ސައިޓަށް ދަތުރުކޮށްދޭން ޖެހޭނެއެވެ.
  • މިސާރވޭތަކުގައި ކުރާނޭ މައިގަނޑު މަސައްކަތަކީ، އަތޮޅު ތެރޭގައި ހޮވާލެވޭ ސައިޓްތަކެއްގައި، މެޓަލް ފްރޭމެއްގައި ގޯ-ޕްރޯ ކެމެރާއެއް ހަރުކޮށް، އެން ކޮޅެއް ލުމަށްފަހު މި"ބެއިޓެޑް ރިމޯޓް އަންޑަރވޯޓަރ ވީޑިއޯ" ސެޓްއަޕް ގަޑިއެއްގެ އިރުވަންދެން ފެއްތުމަށްފަހު ނެގުމެވެ. އަދި ހަމަ މިގޮތަށް ހޮވާލެވޭ ސައިޓްތަކުން ފެން ސާމްޕްލްވެސް ނެގޭނެއެވެ.
  • ސާރވޭ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ބަހައްޓާ، މަސައްކަތްކުރާނޭ ޖާގައެއް ސަފާރީގައި ހުންނަން ވާނެއެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. ސަފާރީގެ ފޮޓޯ

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް  މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 އަދި 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

01 ޖުލައި 2018
ހޯދާ