ދިވެހިރާއްޖެ
ނަންބަރު: (IUL)101-BR/1/2018/124 |
އިޢްލާން
މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ
މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކުގެ ތެރެއިން ތިރީގައިވާ ޚިދުމަތްތައް، 2 ސެޕްޓެމްބަރ 2018 އިން ފެށިގެން ހަމައެކަނި އޮންލައިން ބިޒްނަސް ޕޯޓަލް www.business.egov.mv މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގާ އިޢްލާންކުރީމެވެ.
1- ވިޔަފާރި ނަން ރިޒަރވްކުރުން
2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން
3- އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމަށް ހުށަހެޅުން
4- ކުންފުނި ރަޖިސްޓްރީކުރުމަށް ހުށަހެޅުން
5- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
6- ވިޔަފާރީގެ ޕްރޮފައިލް ޝީޓު ދޫކުރުން
7- ލޯގޯ ރަޖިސްޓްރީކުރުން
8- ސީލް ރަޖިސްޓްރީކުރުން
9- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
10- ސެޓްފިކެޓް އޮފް އިންކަމްބަންސީއަށް އެދުން
11- ލެޓަރ އޮފް ގުޑް ސްޓޭންޑިންގއަށް އެދުން
12- ރަޖިސްޓްރޭޝަން ސެޓްފިކެޓެއް އަލުން ހަދާ ދިނުމަށް އެދުން
އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނީ، www.citizen.egov.mv ގައި އީފާސް އެކައުންޓެއް ހުޅުވުމަށް ފަހުގައެވެ. ވީމާ، މިނިސްޓްރީން ފޯރުކޮށްދޭ، މަތީގައި ބަޔާންކުރާ ޚިދުމަތްތަކަށް އެދުމަށްޓަކައި އީފާސް އެކައުންޓެއް ހުޅުވައި، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް 2 ސެޕްޓެމްބަރ 2018 އިން ފެށިގެން ޚިދުމަތް ހޯއްދެވުމަށް ދަންނަވަމެވެ. ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ، 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އީމެއިލްގެ މެދުވެރިކޮށް މަޢުލޫމާތު ހޯއްދެއްވުމަށްޓަކައި،[email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
18 ޝައްވާލް 1439
01 ޖުލައި 2018