ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:         މެސެންޖަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:      01 (އެކެއް)

މުސާރަ:          -/5,570 ރުފިޔާ

ލިވިންގ އެލަވަންސް:     -/3,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ސ.ހިތަދޫ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: އޮފީސްތަކަށް ފޮނުވަންޖެހޭ ނުވަތަ އެހެން އޮފީސްތަކުން ގެންނަންޖެހޭ ތަކެތި ގެނެސް/ ގެންދިއުމާއި، އޮފީސް ފޮޅާ ސާފުކުރުން އަދި އޮފީހުގެ ދިދަނަގާ ތިރިކުރުން.

 

 

ފެންވަރު ނުވަތަ ޝަރުޠު: 

  1. ގްރޭޑް 7 އިން ފާސްވެފައިވުން.
  2. މަޤާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުން.
  3. ޢުމުރުން 55 އަހަރު ވެފައިނުވުން.

 

 

އިތުރު އެލަވަންސް: މި މަޤާމަށް ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 5 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

  1. ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.
  2. މިމަޤާމުގެ އިންޓަރވިއު އޮންނާނީ ސ. ހިތަދޫގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ވަނަވަރު

2- ދރއ. ކާޑުގެ ކޮޕީ

3- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

14 ޝައްވާލް 1439

28 ޖޫން 2018
ހޯދާ