ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ބޭނުންވެއްޖެ

މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު:

J-131638

J-275362

J-275361
ބޭނުންވާ އަދަދު: 03
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ދ.އަތޮޅު މަދަރުސާ / ދ.މީދޫ
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު -/1000 ރުފިޔާ
އެހެނިހެން އެލަވަންސް:

1-      ސަޕޯޓިންގ ކޯ އެލަވަންސް1 ، މަހަކު -/1200 ރުފިޔާ

2-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މަދަރުސާގެ ގޯތިތެރެއާއި މަދަރުސާގެ ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި ވިނައުފުރައި ސާފްކޮށް ކުނިއުކައިލުން .

2- ކުލާސްތަކާއި އެހެނިހެން ރޫމްތައް ކޮންމެ ދުވަހަކު ކުނިކަހައި މޭޒުތަކާއި ގޮނޑިތަކުގައި ފެންފޮތިންފުހެ ސާފްކުރުން .

3- ފައިވާން ބަހައްޓާފައި ވަންނަ ކުލާސްތަކުގައި ކޮންމެ ދުވަހަކު މޮޕްއެޅުން.މީގެ އިތުރުން މުށިޖަހާފައި ހުންނަ އެހެނިހެން ރޫމްތަކުގައި ކޮންމެ ހަފްތާއަކު މަދުވެގެން 1 ފަހަރު މޮޕްލުން.

4- ކޮންމެ ދުވަހަކު ހުރިހާ ފާޚާނާތަކެއް ދޮވެ ސާފްކުރުން.

5- ދެ މަހުން އެންމަހު ފާޚާނާތަކުގެ ބިއްތަކާއެކު ފާޚާނާތައް ސާފްލައިގެން ދޮވެ ސާފްކުރުން.

6- ދެ މަހުން އެންމަހު ހުރިހާ ކްލާސްރޫމްތަކާއި، އެހެނިހެން ރޫމްތަކުގެ ދޮރުތަކުގެ ބިއްލޫރިތަކާއި،ކަތިފިލައިތަކާއި، ފަންކާތަކާއި، ކަބަޑުތަކާއި އަދި ބިއްތަކާއި ސީލިންގުގެ މަކުނުވާ ފޮޅައި ސާފްކުރުން.

7- ކޮންމެ ދުވަހަކު ސްޓަރފްރޫމާއި،އެޗްއޯޑީރޫމްގެ ކޫލަރަށް ފެންއެޅުން އަދި އޮފީހުގެ އައިސް އަލަމާރި އަށް ފެންލުން.

8- ބައްދަލުވުންތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ސިޓީ އަދި ސުލިޕް ޙަވާލުކުރުން.

9- ބައްދަލުވުން އޮންނަތަން ތައްޔާރުކޮށް،ބައްދަލުވުން އޮންނަ ވަގުތުގައި އެހީތެރިވެދީ،ބައްދަލުވުން ނިމުމުން އެތަން ކުރިން ހުރިގޮތަށް ތައްޔާރުކުރުން.

10- މެހުމާނުންގެ ލަގެޖު އުފުލުން.

11- މަދުވެގެން އަހަރަކު އެއްފަހަރު ފެންތާގީތައް ސާފްކުރުން.

12- މަހަކު އެއްފަހަރު ދިޔަދޮވިތަކާއި ފުރާޅުތައް ސާފްކުރުން.

13- ގޯތިތެރޭގައި ބެހެއްޓިފައިހުރި ޑަސްބިންތަކަށް އަޅާކުނި ދެ ދުވަހުން އެއްދުވަހު އުކައިލުން.ނަމަވެސް ކުލާސްތަކުގެ ޑަސްބިންތަކަށް އަޅާކުނި  ކޮންމެ ދުވަހަކު އުކައިލުން.

14- ގޯތިތެރޭގައި ހައްދާފައިހުރި ބަގީޗާ ގަސްތަކުގެ އެތެރެ ކޮންމެ ދުވަހަކު ސާފްކުރުން.އަދި ބަގީޗާ ގަސްތަކަށް ފެންދިނުން.

15- މަދަރުސާއަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ތަންތަނަށް ގެންގޮސްދޭންޖެހޭ ތަކެތި ގެންގޮސްދިނުމާއި އަދި ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.
މަޤާމުގެ ޝަރުޠުތައް:
  1. ލިޔަންކިޔަން އެގުން

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީނު) %26

2. މަސައްކަތު ތަޖުރިބާ (ވަޒީފާއާ ގުޅޭ ތަޖުރިބާ / އެހެނިހެން ތަޖުރިބާ) %26

3. ލިބިފައިވާ ހުނަރު (އިންޓަރވިއު) %48
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2018 ޖުލައި 8 ވާ އާދިއްތަ  ދުވަހުގެ ގެ 11.00 ގެ ކުރިން، ދ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 08 އާއި 2018 ޖުލައި 09 އާ ދެމެދު، ދ.އަތޮޅު މަދަރުސާ ގައެވެ. 
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952915 އަށެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ. 

           14 ޝައްވާލް 1439

           28 ޖޫން  2018

28 ޖޫން 2018
ހޯދާ