ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

މަޤާމް:

J-233832

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އީ.އެކްސް 1

މަޤާމުގެ ރޭންކް:

ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/8835 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި -/1100 ރުފިޔާ ނުވަތަ މި މަޤާމަށް ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ މަޤާމުގެ މުސާރައިގެ %28 ދެވޭނެވެ.

އެހެނިހެން އެލަވަންސް:

  1. ބަޖެޓްގެ އެކައުންޓްތަކާއި ބަޖެޓާއި ނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާއި އެއްގޮތައް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިސާއާއި ބެހޭގޮތުން އޯޑިޓް އޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާއިދުން ހަދާ ފޮނުވުން.
  2. އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓްމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  3. އޮފީހުގެ ޕްރޮކިޔުމަންޓާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ހުރިހާ ޑިޕާރޓްމަންޓްތަކާއި ގުޅައިގެން ކުރިޔައް އޮންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުން.
  5. ތަފާތު ކޯސްތަކާއި ވޯކްޝޮޕް އަދި ޓްރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ބޭފުޅުންގެ އެލަވަންސާއި އިނާޔަތް ދިނުމުގެ ހުރިހާކަމެއް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ކުރަމުން ގެންދިޔުން.
  6. ރާއްޖެއިން ބޭރުން ކޮންސަލްޓަންޓުންނާއި، ވޮލަންޓަރި ޖަމާއަތްތަކުން ގެނެވޭ ވޮލަންޓިއަރުންގެ ދަތުރުފަތުރާއި އެކޮމޮޑޭޝަންއާއި އަދިވެސް ފައިސާޔާބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  7. މި އިންސްޓިޓިއުޓްގެ ދަށުގައިވާ އިމާރާތްތަކާއި، އެތަންތަނުގައި ހުންނަ އެންމެހާތަކެތި ބެލެހެއްޓުމާއި، ބާވާތަކެއްޗާއި ހަލާކުވާތަކެތީ ގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭތަކެތި ނައްތާލުމުގެ ކަނަތައްތައް ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް ކުރަމުން ގެންދިޔުން.
  8. އިންސްޓިޓިއުޓް ހިގަމުންދާ އިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  9. ޑިޕާޓްމަންޓްތަކަށް ބޭނުންވާތަކެތި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދާގެނެސްދީ ހެދުމުގެ އެންމެހާ އިންތިޒާމްތަކެއްކޮށް ބެލެހެއްޓުން.
  10. ތަނުގެ ޑިޕާޓްމަންޓްތަކުން އަތޮޅުތެރެއަށް ކުރަންޖެހޭ ދަތުރުތަކާއި ގުޅިގެން ފައިސާއާއި ބެހޭގޮތުން އިންތިޒާމް ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތައް ހަމަޖައްސައިދިނުން.
  11. ކުއްޔަށް ހިފާފައިވާ އެންމެހާ އިމާރާތްތަކާއި އަދި ކުއްޔަށް ހިފަންޖެހޭ އިމާރާތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ޤަވާއިދުތަކާއި އެއްގޮތަށް ކުރަމުން ގެންދިޔުން.
  12. އެހެން ޑިޕާޓްމަންޓްތަކުން ރާވާހިންގާ ކަންކަމުގައި އެހީތެރިވުން.
  13. އިންވެންޓަރީ ރަގަޅަށް ބެލެހެއްޓުން.
  14. ފަސޭހަކަމާއެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުން.
  15. ޔުނިޓްގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި ޔުނިޓްގެ މަސައްކަތް ދާގޮތް ހަފްތާއަކު އެއްފަހަރު ޑިޕާޓްމަންޓްގެ ވެރިޔާ އަށް ރިޕޯޓްކުރުން.
  16. ސިވިލްސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ޔުނިޓްގެ މުވައްޒަފުންގެ ޓާރގެޓް ކަނޑައަޅައި ޓާރގެޓް ރިވިއުކުރުމާއި އަދި އަހަރު ނިމުމުން މުއައްޒަފުން އެޕްރައިޒްކުރުން.

17. ދަށުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް މޮނީޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ބ. މިމަޤާމަށް މީހަކު ހޮވުމުގައި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މަސައްކަތް ކޮށްފައިވާ މުއްދަތާއި،ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2018ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3323243 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  11 ޖުލައި 2018  އާއި 25 ޖުލައި 2018 އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އިންޓަވިއުއަށް ފަހުގައި އިމްތިހާނެއް ދޭން ފެންނަކަމަށް ވާނަމަ އިންޓަވިއު ޕެނަލްއިން ނިންމާ ގޮތެއްގެ މަތިން އިމްތިހާން ބޭއްވޭނެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 14 ޝައްވާލް 1439

28 ޖޫން 2018

   

 

           

           

28 ޖޫން 2018
ހޯދާ