ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ބޭނުންވެއްޖެ

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރ: J-131650
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީއެސް 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ދ.އަތޮޅު މަދަރުސާ /ދ.މީދޫ
މުސާރަ: މަހަކު 4465.00 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު 1500.00 ރުފިޔާ
އެހެނިހެން އެލަވަންސް:

1-   ސަޕޯޓިން ކޯ އެލަވަންސް 2، މަހަކު -/700 ރުފިޔާ

2-   ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-   ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލަށް އަންނަ ހުރިހާ ސިޓީ، މެސެޖު، ބިލް އަދި އެހެނިހެން ލިޔެކިޔުން ބަލައިގަތުމާއި، އެންޓްރީކުރުން އަދި މެއިލް ޗެކްކުރުން.

2- މުވައްޒަފުންގެ އަހަރީޗުއްޓީއާއި ސަލާމާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

3- ކޮންމެމަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.

4- ވަޒީފާ ބަޔާންތައް ތައްޔާރުކުރުން.

5- މުވައްޒަފުންގެ އެޕްރައިޒަލް ފޯރމްތައް ބެލެހެއްޓުމާއި މިނިސްޓްރީއަށް ފޮނުވަންޖެހޭ ފޯރމްތައް ފޮނުވުން.

6- ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެތަކެތީގެ ސްޓޮކް ހުސްވުމުގެކުރިން ތަކެތިހޯދުމުގެ މަސައްކަތްކުރުން.

7- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި،އިތުރުވާ މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކުރުން

8- މަގާމްތަކަށް ބޭނުންވާ އިއުލާންތައް ތައްޔާރުކުރުމާއި މުވައްޒަފުން ހަމަޖެއްސުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް އަދި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ލިޔެކިޔުންތައް މިނިސްޓްރީއަށް ފޮނުވުން.

9- މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

10- ސްކޫލަށް ވަންނަ ދަރިވަރުންގެ ފޯމްތައް ބަލައިގަތުމާއި، ސްކޫލުން ވަކިވާ ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށް ދަރިވަރުންރަޖިސްޓްރީއަށް އެރުވުން.

11- ސްކޫލް ޔައުމިއްޔާ އަދި އެސް.އެމް.ޓީ ޔައުމިއްޔާލިޔެ ބެލެހެއްޓުން.

12- އެކިއެކި ބައްދަލުވުންތަކަށް ދެންނެވުމާއި، އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

 13- މިނިސްޓްރީއިން ފޮނުވާ ގޫގުލް ޝީޓްތައް ތައްޔާރުކޮށް ފޮނުވުން.

14- އެގްޒަމިނޭޝަންގެ ފައިސާ ބަލައިގަނެ ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.

15- ބަޖެޓް މަސައްކަތް ކުރައްވާ މުވައްޒަފު ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ބަޖެޓް މަސައްކަތް ކުރުން.

16- ތިޖޫރީ ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް: ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތައުލީމަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ޤާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސްއިން

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 08 ވާ އާދިއްތަ ދުވަހުގެ 11.30ގެ ކުރިން، ދ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2018 ޖުލައި 08 އާއި 2018 ޖުލައި 09 އާ ދެމެދު، ދ.އަތޮޅު މަދަރުސާ ގައެވެ. 
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952915 އަށެވެ. އީ-މެއިލް ކުރާނީ   [email protected] އަށެވެ.

14 ޝައްވާލް 1439

                       28  ޖޫން  2018 

 

           

28 ޖޫން 2018
ހޯދާ